ވެރިކަން ލިބިއްޖެނަމަ ހުރިހާ ގޭންގެއް ރޫޅާލާނެ: އުމަރު

އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ހުރިހާ ސިޔާސަތުތަކަކީ ހަރުކަށި ސިޔާސަތެއް ނޫނެވެ. ޑްރަގެ ވަބާގައި ޖެހިފައިވާ މީހުންގެ ރިހިބިލިޓޭޝަން މަސައްކަތް 24 ގަޑިއިރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ --

ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ގޭންގުތައް ރޫޅާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ ކެމްޕެއިން ފައްޓަވާފައެވެ. މިރޭ ބޭއްވި ކެމްޕެއިން ބައްދަލްވުމުގައި އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގްގެ ވަބާ ކަމަށާ ޑްރަގާ ގުޅިފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގޭންގް ހަރަކާތްތައް ކަަމަށެވެ.

އޭނާގެ ވެރިކަމެއްގައި ޑްރަގްގެ ބޮޑުން މަރުގެ އަދަބު ދެއްވާނެ ކަމަށާ ޑްރަގް އުފުލާ ބޯޓްތަކަށް ބަޑި ޖަހާ ކަނޑުފައްތާލާނެ ކަމަށެވެ. އަދި ޑްރަގްގެ ވިޔަފާރި ކުރާ މީހުން ޖަލުން މިނިވަނެއް ނުވާނެ ގޮތަށް ޖަލުގައި ބަންދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ހުރިހާ ސިޔާސަތުތަކަކީ ހަރުކަށި ސިޔާސަތެއް ނޫނެވެ. ޑްރަގެ ވަބާގައި ޖެހިފައިވާ މީހުންގެ ރިހިބިލިޓޭޝަން މަސައްކަތް 24 ގަޑިއިރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހިން ދެން ޖެހޭނީ ޑްރަގް ހުއްޓުވުމަށްޓަކާ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި ހިފަން. އަޅުގަނޑު ހިފާނީ އިސްލާމީ ޝަރީއާގައި،"

އުމަރު މިރޭ ވެސް ވިދާޅުވީ އޭނާގެ ވެރިކަމުގައި ގޭންގުތަކާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރައްވާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ހުރިހާ ގޭންގެއް ރޫޅާލައްވާނެ ކަމަށް ވިދާޅުވިއެވެ.

ގޭންގުތަކުގައި ކުޑަކުދީންވެސް ބައިވެރިވުން އިތުރުވެފައިވާކަން ފާހަަގަކޮށް ސުކޫލްތަކުގައި މާރާމާރީ ހިންގުން އިތުރުވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި އެކަންކަން ހުއްޓުވަން ސުކޫލުތަކުގެ ވެރީންނާއި ބެލެނިވެރީންނަށް ދޭންޖެހޭ ހުރިހާ ބާރެއް އޭނާގެ ވެރިކަމުގައި ދެއްވާނެ ކަމަށެވެ. ކުދީންގެ ގައިގައި އަތްލުން މަނާކޮށް އެކަން ހުއްޓުވީ ޔޫރަޕުން ދިން ހިޔާލެއްގެ ސަބަބުން ކަމަށާ މިއަދު އެ ސިޔާސަތު ފެއިލްވެފައިވާކަން ގަބޫލު ކުރަންް ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

"ހަގީގަތަކީ އެ ނިންމުން ބަދަލު ކުރަން ޖެހޭ. އަޅުގަނޑުމެން މުޅިން ފެއިލްވެއްޖެ. އަޅުގަނޑުމެންގެ ދަރިންގެ އަހްލާގު ނެތި ހިނގައްޖެ،" އުމަރު ވިދާޅުވިއެވެ.

ގޭންގުތަކުގެ ނަންބަރު ވަރަށް މަތި - މާލޭގައި ކުށްކުރާ 44 ގޭންގް އޮޕަރޭޓް ވެއެވެ. އޭގެ ތެރެއިން 10 ގޭންގެއްގެ ނުރައްކާ ވަރަށް ބޮޑެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އަދަދު ހުރީ 2،800 އިން މަތީގައެވެ. މާލޭގެ ނަންބަރުތައް މިގޮތަށް ހުރިއިރު ފުލުހުން ވަނީ ދ. އަތޮޅުން ދެކުނުގައިވާ ހަތަރު އަތޮޅުގެ ގޭންގު ހަރަކާތްތަކުގެ ތަފާސް ހިސާބު ވެސް މި ފަހުން ނެރެފަ އެވެ. އެ ހަތް އަތޮޅުގައި ވެސް ގޭންގު ނަންބަރުތަކާއި ގޭންގު ސްޓާރުންގެ އަދަދުތައް ހުރީ ފިތްކަނޑައިގެންދާ ވަރުގަ ގައެވެ.

އެ ހަތް އަތޮޅުގައި 31 ގޭންގު ހަރަކާތްތެރި ވެއެވެ. އޭގެ ތެރެެއިންް 20 ގޭންގެއްގެ ނުރައްކާ ބޮޑެވެ. ހަމަނުޖެހުންތަކާއި މާރާމާރީތަކުގައި އެ މީހުންގެ ދައުރު ވަރަށް ބޮޑެވެ. އެ ގޭންގުތަކަށް ނިސްބަތްވާ 700 މީހަކު އުޅެއެވެ. 18 އަހަރު ނުފުރޭ 100 އަށް ވުރެ ގިނަ ކުދީން އެ ގޭންގުތަކަށް ނިސްބަތްވެއެވެ. ނަންބަރުތައް މިހެން ހުރިިއިރު މިދިޔަ ވިއްސަކަށް އަހަރު ތެރޭ ގޭންގު މާރާމާރީތަކުގައި 31 މީހަކު މަރާލާފައި ވެެއެވެ. އޭގެ ތެރެއިން ހަ މީހަކު މަރާލީ ގޭންގްތަކަށް "އޮޅިގެން" ނެވެ. އެހެން މީހަކަށް ދޭން އުޅުނު ހަމަލާތަކެއްގެ ތެރެއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.