ގުރައިދޫ ދާއިރާގެ އެމްޓީޑީ ޓިކެޓް މާފުއްޓަށް

މި ފުރުސަތުގައި މާފުށީގެ ތިން ޒުވާނަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޕާޓީން މިއަދު ބުންޏެވެ. އެ ފަރާތްތަކުގެ ގާނޫނޫ ރެކޯޑްތައް މިއަދު ޕާޓީއަށް ހުށަހަޅަން އަންގާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ގޮނޑިއަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޑީޓީ) ގެ ޓިކެޓަށް މާފުށީ ޒުވާނުންތަކެއް ވާދަކުރަން ނިންމައިފި އެވެ.

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނެވި އެމްޑީޓީން ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާން އެދޭ މެންބަރުންނަށް އިއްޔެވެ ނިޔަލަށް ފުރުސަތު ހުޅުވާލައިފަ އެވެ. 

މި ފުރުސަތުގައި މާފުށީގެ ތިން ޒުވާނަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޕާޓީން މިއަދު ބުންޏެވެ. އެ ފަރާތްތަކުގެ ގާނޫނޫ ރެކޯޑްތައް މިއަދު ޕާޓީއަށް ހުށަހަޅަން އަންގާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.

މިފަހަރު ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގައި ދެން ހިމެނޭ މާފުށީ ޒުވާނުން ކުރިމަތިލާތީ އެ ޕާޓީން ވަނީ އެކަމަށް ހިތްވަރުދީ "މިއީ މާފުށީ ފަހަރު" ކަމަށް ބުނެފަ އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، ކެންސަރު ބަލީގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްއެންޕީ އިން ވެސް މި އިންތިހާބުގައި ވާދަކުރާނެ އެވެ. އެމްޑީޕީގެ ޓިކެޓް ލިބިފައި ވަނީ އިބްރާހިމް ޝާޒެވެ. ޕީޕީއެމްގެ ޓިކެޓް ދިނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.