އައިޑީ ކާޑުގެ އާ ފަރުމާ: އެއްވަނަ އަށް ހޮވުނު އެންކްރިއާ ކުންފުންޏާއެކު އެއްބަސްވުން ހަދައިފި

"އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އަކީ ޑިޒައިން ކުރުމުގައި ކުޅަދާނަ ދިވެހި ޒުވާނުން ނިސްބަތްވާ ކުންފުންޏެކެވެ.

"އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އާއެކު އެއްބަސްވުން ގާއިމުކުރުން

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މުޅިން އާ ޑިޒައިނަކަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނު ހުށައެޅުން ހުށައެޅި ކުންފުންޏާއެކު އެއްބަސްވުން ހަދައިފި އެވެ.

ޑީއެންއާރް އިން ބުނި ގޮތުގައި އައިޑީކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނީ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިން ހުށައެޅި ހުށައެޅުމެވެ. އަދި އެ ކުންފުންޏާއެކު ޑީއެންއާރް އިން މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ.

"އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އަކީ ޑިޒައިން ކުރުމުގައި ކުޅަދާނަ ދިވެހި ޒުވާނުން ނިސްބަތްވާ ކުންފުންޏެކެވެ. 2019 ވަނަ އަހަރު އުފެދުނު އެ ކުންފުނީގައި ތަޖުރިބާކާރު ޑިޒައިނަރުންނާއި ޑިވެލޮޕަރުން ހިމެނެއެވެ. 

އެންމެ ފަހުން އޮތް ސާފް ޗެންޕިއަންޝިޕްގެ ބްރޭޑިން ތައްޔާރު ކުރީވެސް "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިންނެވެ. އެއީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލުވި ބްރޭޑިންއަކަށް ވިއެވެ.

އައިޑީކާޑު ޑިޒައިން ކުރި ޓީމްގެ މެންބަރުން

  • 1.އަބްދުﷲ ޝަފީއު
  • 2.ހުސައިން ޝާޒިފް އާދަމް
  • 3.މުހައްމަދު ޝައްމާން
  • 4.ހުސައިން ޖިނާން
"އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އާއެކު އެއްބަސްވުން ގާއިމުކުރުން

އައިޑީ ކާޑަށް އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ އޮތީ ހުށައަޅާފައެވެ. 

ޑީއެންއާރް އިން ކުރީން ބުނެފައި ވަނީ އަލަށް ޑިޒައިން ކުރާ އައިޑީ ކާޑު ވާނީ ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާ ޔަގީންކަން އޮންނަ، ޒަމާނީ ފީޗާތަކާއެކު ތައާރަފު ކުރާ ސްމާޓް އައިޑީ ކާޑަކަށެވެ.

ޑީއެންއާރް އިން އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރަން ނިންމާފައި ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން 2021 ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ އައިޑީ ކާޑުގެ ޑިޒައިނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގައި ފަރުމާ ކޮށްފައިވާ ޑިޒައިނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.