ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: އެމްޓީޑީގެ ޓިކެޓަށް ހުޅުވާލައިފި

ގުރައިދޫ ގޮނޑިއަށް އެމްޓީޑީގެ ޓިކެޓަށް ހުޅުވާލިއިރު އެ ޕާޓީން ދަނީ ސިޔާސީ މައިދާނުގައި ހަރަކާތްތައް އިތުރު ކުރަމުންނެވެ. މެންބަރުންގެ އަދަދު އިތުރުކޮށް އިންތިހާބުތަކުގައި ވާދަކުރަން ތައްޔާރު ވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ގޮނޑިއަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޑީޓީ) ގެ ޓިކެޓްގައި ކުރިމަތިލާން އެދޭ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، ކެންސަރު ބަލީގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެންނެވެ.

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނެވި އެމްޑީޓީން މިއަދު ބުނީ އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާން އެދޭ މެންބަރުންނަށް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްއެންޕީ އިން ވެސް މި އިންތިހާބުގައި ވާދަކުރާނެ އެވެ. އެމްޑީޕީގެ ޓިކެޓަށް ހަތަރު މީހަކު އެދި ހުށައެޅި އެވެ. ޕީޕީއެމްގެ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއެކަންޏެވެ. އެހެން ކަމުން ޕްރައިމަރީއެއް ނެތި ޓިކެޓް ވަނީ ދީފައެވެ.

އެމްއެންޕީގެ ޓިކެޓް ދިނީ އެ ޕާޓީގެ މެންބަރު އަލީ އާރިފަށެވެ. އޭނާ ނޫން މީހަކު އެ ޕާޓީގެ ޓިކެޓަށް އެދި ހުށައަޅާފައެއް ނުވެއެވެ.

ގުރައިދޫ ގޮނޑިއަށް އެމްޓީޑީގެ ޓިކެޓަށް ހުޅުވާލިއިރު އެ ޕާޓީން ދަނީ ސިޔާސީ މައިދާނުގައި ހަރަކާތްތައް އިތުރު ކުރަމުންނެވެ. މެންބަރުންގެ އަދަދު އިތުރުކޮށް އިންތިހާބުތަކުގައި ވާދަކުރަން ތައްޔާރު ވަމުންނެވެ. އެމްޑީޓީން މިހާތަނަށް އެއްވެސް އިންތިހާބަކަށް އަދި ކެންޑިޑޭޓަކު ނުނެރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.