ސްޓެލްކޯ އަންހެނުން މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދެނީ

ޝަރީފު ވަނީ ސްޓެލްކޯގައި މަސައްކަތް ކުރާ އަންހެނުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޓެލްކޯގެ ހަފުލާއެއްގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންތަކެއް: ޓެކްނިކަލް ދާއިރާގެ އަންހެނުން މުވައްޒަފުންނަށް އެލަވަންސެއް ދޭން ވިސްނާ

ސްޓެލްކޯގެ ޓެކްނިކަލް ވަޒީފާތައް އަދާކުރާ އަންހެން މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ހުށަހަޅުއްވަން ވިސްނަވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅު ވެއްޖެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ ކުންފުނީގައި މިހާރު މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ފިރިހެނުންނެވެ. އަދި 1500 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރުގައި 20 ޕަސެންޓު ނުވަތަ 19.5 ޕަސެންޓު، ގާތްގަނޑަކަށް 250 އެއްހާ މުވައްޒަފުންނަކީ އަންހެނުންނެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގައި އަންހެނުން މަސައްކަތް ކުރާ މިންވަރު އަތޮޅުތަކުގެ ތެރޭގައި ވަކިން ދަށް ކަމަށާއި ހާއްސަކޮށް ޓެކްނިކަލް މަގާމުތަކުގައި ހަމަހަމަ ފުރުސަތުތަކެއް ހުރި ނަމަވެސް، މުޖުތަމައުގެ ބައެއް ގަބޫލު ކުރުންތަކާ ހެދި އެފަދަ މަގާމުތަކަށް އަންހެނުން ނުކުންނަ އަދަދު މަދު ކަމަށެވެ. އެފަދަ ވަޒީފާތަކުގައި އަންހެނުން ގިނަ ކުރަން އިތުރު ހިތްވަރެއް ދޭން ޖެހޭ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާމުން މާ ދުރު ނޫން މުސްތަގުބަލެއްގައި، ކުރިމަގުގައި އަޅުގަނޑު ހިޔާލުކުރަން އެފަދަ ފުރުސަތު ތަކަށް [ޓެކްނިކަލް ވަޒީފާތަކަށް] ކުރިމަތިލައްވާ [އަންހެން] ބޭފުޅުންނަށް އިތުރު އެލަވަންސެއް ދޭން ބޯޑަށް ހުށަހަޅަން" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ސްޓެލްކޯގައި މަސައްކަތް ކުރާ އަންހެނުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

1
450
ޝަރީފްގެރާގޮނޑި
2 years ago

ޖެންޑަރ އީކުއަލިޓީ ގާނޫން (ގާނޫނު ނަންބަރ 2016-18) ހިލާފަށް ވަކި ޖިންސަކަށް ވީތީ ތަފާތުކުރުމަށް މަސައްކަތްކުރުމަކީ ކުށެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.