ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެމްޑީޕީއާއި އެމްއެންޕީ އިން ވެސް މި އިންތިހާބުގައި ވާދަކުރާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ގޮނޑިއަށް ވާދަ ކުރުމަށް އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށް ޓިކެޓް ދޭން ޕީޕީއެމް އިން ނިންމައިފި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، ކެންސަރު ބަލީގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެންނެވެ.
އެހެންވެ އެ ދާއިރާގެ ބައި-އިލެކްޝަނަށް ވަނީ ހުޅުވާލާފަ އެވެ. ޕީޕީއެމް އިން ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލީ ވެސް ހުސެއިން ރިޒާ އެކަންޏެވެ.
އެހެންވެ އިންތިހާބަކާ ނުލައި އެ ދާއިރާގެ ޕީޕީއެމް ޓިކެޓް އޭނާއަށް ދޭން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ. ހުސެއިން ރިޒާގެ ކެމްޕޭނު ފެށުމަށް ޕީޕީއެމުން ދަނީ ތައްޔާރުވަމުންނެވެ.
ރިޒާ އަވަހާރަވުމުން ޕީޕީއެމްގެ ލީޑާޝިޕުން ވަނީ އެއާއިލާއާ ބައްދަލު ކޮށްފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެމްޑީޕީއާއި އެމްއެންޕީ އިން ވެސް މި އިންތިހާބުގައި ވާދަކުރާނެ އެވެ.