ޕަތާންގެ ކާމިޔާބަށް ޝާހުރުކް ޝުކުރު އަދާކޮށްފި

ޝާހުރުކް ގެ ދެން އެންމެ އަވަހަށް އަނާނެ ފިލްމަކީ "ޖަވާން" އެވެ. އޭނާގެ "ދުންކީ" ވެސް މިއަހަރު ނެރޭނެ އެވެ.

"ޕަތާން" ގެ ކާމިޔާބީއާ ގުޅިގެން ފިލްމު ބެލި އެންމެނަށާއި ފޭނުންނަށް ބޮލީވުޑްގެ މެގަ ސްޓާރު، ޝާހްރުކް ހާން ޝުކުރު އަދާ ކޮށްފި އެވެ. "ޕަތާން" ވެފައި ވަނީ ޝާހުރުކް ހާން ކެރިއަރުގައި އާމްދަނީގެ ގޮތުން އެންމެ ކާމިޔާބު ބޮޑު ފިލްމަށެވެ. 

އެންމެ ބޮޑު އާމްދަނީ ހޯދި އިންޑިއާގެ އެއް ފިލްމަށް ޔާޝްރާޖް ފިލްމްސްގެ "ޕަތާން" ވެފައި ވެއެވެ. އެ ފިލްމުގެ އާމްދަނީ 126.83 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

ޝާހްރުކް ބުނެފައިވާ ގޮތުގައި މިިދިއަ ޖެނުއަރީ 25 ގައި ނެރުުނު އޭނާގެ "ޕަތާން" ކާމިޔާބު ފިލްމަކަށް ވެގެން ދިޔައީ ފިލްމުގެ ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށާއި އެކަން ބެލުންތެރިންނާއި ފޭނުން ބަލައި ގަތް ކަމަށެވެ. އަދި އެ އެންމެން އޭނާގެ އާ ފިލްމަށް ދިން ތަރުހީބަށާއި އޭނާއަށް ދިން ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. 

ސިދާތު އާނަންދު "ޕަތާން" އަކީ ޝާހްރުކް ކުޅުނު "ޒީރޯ" ގެ ނާކާމިޔާބީއަށް ފަހު ހަތަރު އަހަރު ފަހުން އޭނާ ކުޅުނު ފުރަތަމަ ފިލްމެވެ. ޒީރޯއިން ލިބުނު މާޔޫސް ކަމާއި ހިތްދަތިކަން ޕަތާން އިން މިހާރު ވަނީ ފިލައިގެން ގޮސްފައި ކަމަށް ޝާހުރުކު ވަނީ ބުނެފަ އެވެ.

ޝާހުރުކް ގެ ދެން އެންމެ އަވަހަށް އަނާނެ ފިލްމަކީ "ޖަވާން" އެވެ. އޭނާގެ "ދުންކީ" ވެސް މިއަހަރު ނެރޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.