ADVERTISEMENT

ވެރިއަކަށް ގެންނަންވީ ފުލުހެއް، އެއީ އަޅުގަނޑު: އުމަރު

"މި ގައުމަށް ބޭނުންވަނީ ވެރިކަން ކުރަން ފުލުހެއް. މާނައަކީ ގާނޫނު އެއްވެސް ޖެހިލުމެއް ނެތި ތަންފީޒު ކުރަން ކެރޭނެ ފުލުހެއް މިހާރު މި ގައުމަށް ބޭނުންވަނީ. ﷲ އިރާދަކުރެއްވިއްޔާ އެ މީހަކީ އަޅުގަނޑު"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- މި

ރާއްޖޭގެ ވެރިކަމަށް މިވަގުތު ބޭނުންވަނީ "ފުލުހެ"އް ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ADVERTISEMENT

އުމަރުގެ ކެމްޕެއިން ސިޔާސަތުތައް ހާމަކުރުމަށް ކުރިއަށް ގެންދިޔަ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ ރާއްޖޭގައި އަމަންއަމާންކަން ގެއްލިފައިވާ ކަމަަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަމާން މުޖްތަމައުއެއް ގާއިމު ކުރުމަށް ކަމަށް ވިދާޅުވެ ކުށްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

އުމަރު ވިދާޅުވި ގޮތުގައި ރެ އާއި ދުވާލު ބިރެއް ނެތި ކުށްވެރީން ދަނީ ތަފާތު އެކި ކުށްތަކަށް އަރައިގަންނަމުންނެވެ. ހެލްމެޓް އަޅައިގެން ތަންތަނަށް ވަދެ ފޭރުމާއި ލޫޓުވުމުގެ އަމަލުތައް ހިންގާއިރު އަނިޔާވެރި އަމަލުތަކުގައި މަރުވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. އޭނާގެ ވެރިކަމެއްގައި އެފަދަ އެއްވެސް ކަމަކަށް ކުޑަވެސް ފުުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ވެރިއަކަށް ގެންނަން ޖެހެނީ ފުލުހެއް ކަަމަށެވެ. ފުލުހުންނަކީ ފަސްޖެހުމެއް ނެތި ގާނޫނު ތަންފީޒު ކުރާނެ / ކުރަން ކެރޭނެ ބައެއް ކަމަށާ އޭނާއަކީ އެފަދަ ވެރިއަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. ހޯމް މިނިސްޓަރުކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައިވެސް އެކަން ސާބިތުކޮށްދެއްވާފައި ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ގައުމަށް ބޭނުންވަނީ ވެރިކަން ކުރަން ފުލުހެއް. މާނައަކީ ގާނޫނު އެއްވެސް ޖެހިލުމެއް ނެތި ތަންފީޒު ކުރަން ކެރޭނެ ފުލުހެއް މިހާރު މި ގައުމަށް ބޭނުންވަނީ. ﷲ އިރާދަކުރެއްވިއްޔާ އެ މީހަކީ އަޅުގަނޑު. އަޅުގަނޑަކީ ގާނޫނުތައް ތަންފީޒު ކުރާނެ މީހެއް،" ފުލުހާއި ސިފައިން އެއް މުއައްސަސާއެއްގެ ގޮތުގައި އޮތް ދުވަސްވަރު ހިދުމަތުގައި ހުންނެވި އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާއަކީ އިލްމުވެރިއެއް ނޫން ކަމަށާ އަދި ހަލީފާއެއް ކަމަށް ދެކި ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަކީ މި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރައްވާ ހަގީގީ އިސްލާމީ ވެރިކަމެއް ކުރައްވާނެ ވެރިއަކަށް ވެވަޑަައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގެންފިނަމަ އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވާނެ ކަމަށް އުމަރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވުވަމުންނެވެ. މީގެ 14 އަހަރު ކުރީން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން އުމަރު ގެންދަވަނީ އެ ވައުދު ތަކުރާރު ކުރައްވަމުންނެވެ. އެ ވާހަކަތަކަށް އެއްވެސް ބަދަލެއް ނުގެންނަވާ ސާބިތުކަމާއެކު އެ ވާހަކަތައް ވިދާޅުވެއެވެ.

އުމަރު ނޫން އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމީ ޝަރީއަތުގެވާ ހުރިހާ ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަކަށް ވިދާޅެއް ނުވެއެވެ. އިސްލާމީ ޝަރީއަތުގައިވާ ބައެއް ހުކުމްތައް ތަންފީޒު ކުރުމާއި ދެކޮޅަށް ޔަހޫދީ ހުޅަނގުން ގެންދަނީ ވަރަށް ބޮޑަށް އަޑުއުފުލާ އެކި ނުފޫޒުތައް ބޭނުން ކޮށްގެން ހުކުމް ތަންފީޒު ކުރުން ހުއްޓުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.