ގަން އެއާޕޯޓް ތަރައްގީ ކުރަން ރެނާޓަސް ކުންފުންޏަށް 17 މިލިއަން ޑޮލަރަށް ހަވާލުކޮށްފި

އިންޑިއާގެ ލައިން އޮފް ކްރެޑިން - ލޯނުން 17 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ މާލޭގެ މީރުމާ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓެއް -- ޖީއައިއޭ

ރާއްޖޭގެ ދެކުނު މައި ދޮރާށި ކަމަށްވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ދީފި އެވެ. 

އިންޑިއާގެ ލައިން އޮފް ކްރެޑިން - ލޯނުން 17 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ މާލޭގެ މީރުމާ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އައްޑޫ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ގައިސް ނަސީރު އެވެ. އަދި ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސެލްވަ ސިންދްރަމް އެވެ.  

ރާއްޖޭގައި މިހާރު ވެސް ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ އަދި ފުރަތަމަ އައިޖީއެމްއެޗް އިމާރާތުގެ ރެނޮވޭޝަން މަސައްކަތެއް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ފޭބި ރެނާޓަސް ކުންފުންޏަށް ގަން އެއާޕޯޓް މަޝްރޫއު ހަވާލު ކޮށްފައި ވަނީ އިންޑިއާގައި ކުރިއަށް ގެންދިޔަ ބިޑު މަރުހަލާގައި ހަތް ފަރާތަކާ ވާދަ ކޮށްގެންނެވެ. 

ރެނާޓަސްއަކީ ކޮން ބައެއް؟ - ރެނާޓަސް ކުންފުންޏަކީ 1970 ވަނަ އަހަރު އުފެދުނު ކުންފުންޏެވެ. އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ ރެނާޓަސް ކުންފުނިން ރާއްޖޭގައި ކުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލޭގައި "ރެނާޓަސް އިތާމުތް" ގެ ނަމުގައި މެދުފަންތީގެ ހައުސިން ހެދުމާއި ގައުމީ ޔުނިވާސިޓީގެ ޓޫރިޒަމް ސްޑަޑީޒް އިމާރާތް ހެދުން އަދި އައިޖީއެމްއެޗުގެ ރެނޮވޭޝަން ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނިން މިހާރުވެސް ދަނީ ހުޅުމާލޭގައި ފްލެޓް އަޅަމުންނެވެ،

ގަން އެއާޕޯޓް މަޝްރޫއުގެ ބައިތައް

  •  ތަރައްގީ ކުރަނީ އަހަރު 1.5 މިލިއަން ފަސިންޖަރުންނަށް މަރުހަބާ ކިޔަން
  •  މަޝްރޫއުގެ ދަށުން ޓާމިނަލް ފެންވަރު މަތި ކުރާނެ
  •  އެއާޕޯޓަށް އާ ކޮންޓްރޯލް ޓަވަރެއް
  •  ފަޔާ ސްޓޭޝަން އިމާރާތް ކުރާނެ
  •  ކާގޯ ވަސީލަތް ގާއިމް ކުރަން
  •  ކޯލްޑް ސްޓޯރޭޖް ވަސީލަތް
  •  އެއާޕޯޓުގެ މަގުތައް ޕާކިން ސަރަހައްދު ތަރައްގީ ކުރުން

އިންޑިއާ އިން ލޯނު ނަގައިގެން ހަނިމާދޫ އިންޓަނޭޝަނަލް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެސް ސަރުކާރުން ކުރި އަށް އެބަގެން ދެ އެވެ. މި މަޝްރޫއުގެ ދަށުން 136 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުގައި 2.24 ކިލޯމީޓަރުގެ ރަންޥޭއެއް އަޅަ އެވެ.މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.