ޗިޓު ރައްދު ނުވާތީ އައްބާސްގެ ޝަރީއަތް ފެށުން ކެންސަލް

މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

އައްބާސް އާދިލް ރިޒާ: އޭނާގެ މައްސަލަ މިއަދު ކޯޓުން ވަނީ ކެންސަލްކޮށްފައި --

އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ދައުވާކޮށްފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތް ފަށާ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ. 

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މިއަދުގެ 11:00 އަށެވެ. އެކަމަކު އައްބާސަށް ޗިޓު ރައްދުވެފައި ނުވާތީ މައްސަލަ ކެންސަލްކުރި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލައިގެ ހުލާސާ - ޑިސެމްބަރު 22، 2022 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އައްބާސް އާދިލް ރިޒާ ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް އައްބާސް ހިތްވަރު ދީފައިވެ އެވެ. މީގެ އިތުރުން އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން ރާއްޖާގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ އޭނާ ޓްވީޓް ކޮށްފައިވެ އެވެ. މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.