ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ތުރުކީއަށް ފޮނުވަން ހަމަޖެހިފައިވާ 500،000 މަސްދަޅުގެ ފުރަތަމަ ބެޗް މިއަދު ވަނީ ފޮނުވާލާފައެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހުރިހާ މަސްދަޅެއް އެ ގައުމަށް ފޮނުވާ ނިންމޭނެ ކަމަަށްވެސް ބުންޏެވެ.
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި ހާލު ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ރާއްޖެއިން އެއް މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމި ނިންމުމުގެ ދަށުން ތުރުކީއަށް 500،000 މަސްދަޅު ފޮނުވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ދިވެހި ސަރުކާރުން ކޮންމެ ގައުމަކަށް 500،000 މަސްދަޅު ހަދިޔާ ކުރައްވަން ނިންމާފައިވާކަން ރައީސް ސޯލިހް އިއުލާނު ކުރެއްވީ ތުރުކީ އާއި ސީރިއާގެ ވެރީންނާއި ގުޅުއްވުމަށް ފަހު އެވެ. އެއީ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ތުރުކީއަށް ފޮނުވަން ހަމަޖެހިފައިވާ 500،000 މަސްދަޅުގެ ފުރަތަމަ ބެޗް މިއަދު ވަނީ ފޮނުވާލާފައެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހުރިހާ މަސްދަޅެއް އެ ގައުމަށް ފޮނުވާ ނިންމޭނެ ކަމަަށްވެސް ބުންޏެވެ.
ސީރިއާއަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އަދި ނުފެށެއެވެ. ހަނގުރާމައިގެ ސަބަބުން މުޅީން ސުންނާފަތިވެފައި އޮތް ސޫރިއާގެ ހާލަތު ބިންހެލުމާއެކު އިތުރަށް ގޯސްވިއެވެ. އެ ގައުމުގައި އޮތް ހަނގުރާމައިގެ ބިރުވެރި ކަމުގެ ސަބަބުން އެހީވުމަށް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކާއި ވަރަށް ރަނގަޅު ގުޅުމެއް ތުރުކީއަށް އެތައް ގައުމަކުން ވަނީ ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ.