މެލޭގައި ފެންބޮޑުވެ 41,000 އަށްވުރެ ގިނަ މީހުން ގެދޮރާ ދުރަށް

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވާރޭ ވެހޭނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާއިން ދޭއިރު ގިނައިން ވާރޭ ވެހޭނީ ދެކުނުގެ ސްޓޭޓްތަކަށެވެ.

މެލޭޝިއާގެ ޖޮހޯރުގެ މަގުތަކުގައި ކަލުލާ ހަމައަށް ފެން ހެދިފައި: މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި

ބާޓޫ ޕަހަތު (މާޗް 4) - ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެލޭޝިއާގެ ދެކުނުގެ ޖޮހޯރު ސްޓޭޓުގައި ގާތްގަނޑަކަށް 41،000 މީހުން ގެދޮރު ދޫކޮށް ދާން ހިފައިވާއިރު ފާއިތުވި ހަފުތާގެ ތެރޭގައި މަދުވެގެން ހަތަރު މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.

"ކުރިން އަބަދުވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވާރޭ ވެހޭ މޫސުމަށް ތައްޔާރުވަމުން ދިޔައީ،" ޖޮހޯރުގެ ބާޓޫ ޕަހަތު ޑިސްޓްރިކްޓްގެ ޔޮންގް ޕެންގް ޓައުންގެ އުމުރުން 57 އަހަރުގެ މުހައްމަދު ނޫރު ސާދު ރޮއިޓާސް އަށް ބުންޏެވެ.

މެލޭޝިޔާގައި ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރު ފެންބޮޑުވުމާ ގުޅިގެން 118,000 މީހުން ގެދޮރު ދޫކޮށް ދިޔައެެވެ. މިފަހަރު ޖޮހޯރަށް އެންމެ ބޮޑަށް ގެއްލުން ލިބުނުއިރު، އެހެން ސްޓޭޓްތަކުގައި ވެސް ފެންބޮޑުވެ އެތައް ސަތޭކަ ބަޔަކު ގެދޮރު ދޫކޮށްލާފައި ވެއެވެ. އަދި މިފަހަރު މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ޖޮހޯރަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވާރޭ ވެހޭނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާއިން ދޭއިރު ގިނައިން ވާރޭ ވެހޭނީ ދެކުނުގެ ސްޓޭޓްތަކަށެވެ.

ގައުމީ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނި ގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް 200 އަށް ވުރެ ގިނަ ވަގުތީ ހިޔާ ކަމާބެހޭ ފަރާތްތަކުން ގާއިމް ކޮށްފައިވެ އެވެ.

މެލޭޝިއާގައި އޮކްޓޯބަރު މަހާއި މާޗް މަހުގެ ތެރޭގައި ފެންބޮޑުވުން އާންމު ނަމަވެސް މި ހަފްތާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖޮހޯރުގެ ގިނަ ރައްޔިތުން ވަނީ ހިޔާވަހިކަން ހޯދަން އުނދަގޫވެފަ އެވެ. އެހެން ހަ ސްޓޭޓަކަށް ވެސް މި މައްސަލަ ދިމާވެފައި ވެއެވެ. 

ކޮމެންޓް

1
450
ވަލީދު
1 year ago

މެލޭ އަކީ މެލޭ ދަރިކޮޅު މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއް. ދެން ހޮޅިއަށިތަކުގައިއާއި ކޮފީ މޭޒުމަތީ ދިވެހިން ބޭނުންނުކުރާ ވާހަކައެއް ނޫން. އެކަމަކު ނޫސް ލިޔާއިރު ހޮޅުއަށީގެ ބަސްމަގު ބޭނުން ކުރޭތޯ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.