ނަތީޖާ ލިބިއްޖެ، މަންކީޕޮކްސް އެއް ނޫން

މި ވައިރަސް ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1970 ވަނަ އަހަރު ކޮންގޯއިންނެވެ. އެފްރިކާގެ ބޭރުން އެންމެ ފުރަތަމަ އިންސާނުންގެ ގައިން މަންކީޕޮކްސް ފެނުނީ 2003 ގައެވެ.

ޝައްކުވި މީހާ ކަރަންޓީން ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް

މަންކީޕޮކްސްއަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓް ކުރި ބިދޭސީ މީހާ އެ ބަޔަަށް ނެގެޓްވި ކަމަށް ނިންމައިފި އެވެ. މަންކީޕޮކްސްއަށް ޝައްކު ވުމުން ބިދޭސީ މީހާ ހުރީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަރަންޓީން ކޮށްފައެވެ.

"މި" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ކްލިނިކަލް ޓީމުން އިވެލުއޭޓް ކުރުމަށް ފަހު ނިންމާފައިވަނީ އެމީހާގެ ގައިން ފެނިފައިވަނީ މަންކީޕޮކްސްގެ ސިފައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މީހާ ހޮސްޕިޓަލުން ދޫކޮށްލަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.

މަންކީޕޮކްސް

މަންކީޕޮކްސް އަކީ ސްމޯލްޕޮކްސް އާއިލާގެ ބައްޔެކެވެ. މި ބަލީގެ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ. މިވައިރަސް ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1970 ވަނަ އަހަރު ކޮންގޯއިންނެވެ. އެފްރިކާގެ ބޭރުން އެންމެ ފުރަތަމަ އިންސާނުންގެ ގައިން މަންކީޕޮކްސް ފެނުނީ 2003 ގައެވެ. ޑަބްލިއުއެޗްއޯ ބުނާ ގޮތުން މިހާތަނަށް މަންކީޕޮކްސްގެ 16،000 އަށް ވުރެ ގިނަ ކޭސް 75 ގައުމަކުން ފެނި ފަސް މީހަކު މަރުވެފައި ވެއެވެ. މަންކީޕޮކްސް އަށް އަދި ހާއްސަ ފަރުވާއެއް ނެތެވެ. މި ބަލި އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.