ތާރީހު

ނަޝީދުގެ "ކިއްލާ މާލޭ" ނެރެނީ

މަނިކުފާނުގެ ވާހަކަތަކުގެ ތެރެއިން "ހިތާއި ހިތުގެ ގުޅުން" އެއީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ފޮތެކެވެ. އަދި ފަހުން އެ ނަން ވެސް ވެފައި ވަނީ ވަރަށް ހިނގާ ނަމަކަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ "ކިއްލާ މާލޭ" ގެ ބަނޑޭރިގަނޑު

ކުރީގެ ރައީސް، އަދި ރައްްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު އަނެއްކާ ވެސް އެ މަނިކުފާނުގެ އާ ފޮތެއް ނެރުއްވަނީ އެވެ. މަސައްކަތް ފައްޓަވައި މިހާރު ޗާޕާ ހަމަށް ގެންދަވާފައިވާ އެ މަނިކުފާނުގެ އާ ފޮތަކީ "ކިއްލާ މާލޭ" އެވެ.

"ކިއްލާ މާލޭ" ގެ ރިސާޗް މަސައްކަތަށާއި ލިޔުއްވުމަށް ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު ރައީސް ނަޝީދު އިިއްޔެ ވަނީ ސޯޝަލް މީޑިއާގައި މަސައްކަތުގެ އަޕްޑޭޓެއް ދެއްވާފަ އެވެ. އެ ގޮތުން "ކިއްލާ މާލޭ" ފޮތުގެ ބަނޑޭރިގަނޑު ހިއްސާ ކުރައްވައި ވިދާޅުވީ ފޮތް މިހާރު އޮތީ ޗާޕަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ. 

ރައީސް މުހައްމަދު ނަޝީދަކީ ލިޔުންތެރިއެއް އަދި ނޫސްވެރިއެއްގެ އިތުރުން ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ ބޭފުޅެކެކެވެ. ނޫސްވެރި ކަމުގެ ގިނަ ލިޔުންތަކަށް ފަހު ސިޔާސީ މައިދާނަށް ވަދެ ވަޑައިގެންނެވި ފަހުން އެ މަނިކުފާނު ނޫސްވެރިކަމުގެ މަސައްކަތް ދޫކޮށްލެއްވި އެވެ. ނަމަވެސް މިހާރު "އޯޝަން ވީކްލީ" ގެ ނަމުގައިހަފުތާ މަޖައްލާއެއް ނެރުއްވަ އެވެ.  އަދި ލައިބްރަރީއެއް ހިންގަވަ އެވެ.

މީގެ އިތުރުން ލިޔުންތެރިކަމުގެ މަސައްކަތް ހުއްޓާ ނުލައްވާ ކުރައްވަ އެވެ. އެ މަނިކުފާނުގެ އެންމެ ފަހުގެ ފޮތަކީ "ދެ ރަދުން" އެވެ. އޭގެ ކުރީން "އެއްބަސްވެވޭ އިންގިލާގު" އާއި "ދަގަނޑު ދަހަނާ" އާއި "ދަނޑިކޮށި" އަދި  "ވެރިއެއްގެ ނިމުން" ފަދަ އިލްމީ ފޮތްތަކާއި ބައެއް ހިޔާލީ ވާހަކަ ލިޔުއްވެވި އެވެ. އެ މަނިކުފާނުގެ ވާހަކަތަކުގެ ތެރެއިން "ހިތާއި ހިތުގެ ގުޅުން" އެއީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ފޮތެކެވެ. އަދި ފަހުން އެ ނަން ވެސް ވެފައި ވަނީ ވަރަށް ހިނގާ ނަމަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.