ޒުވާނުންނާއެކު ރައީސް ޔާމީން އިންތިހާބު ނަގާނެ: ސައީދު

ސައީދު ވިދާޅުވަނީ މިއީ މާޔޫސް ދުވަސްވަރެކެވެ. މާޔޫސްކަން ފިލުވައި ދޭން ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ޒުވާނުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް ކަން ކުރައްވަމުން ޕީޕީއެމްގެ ލީޑަޝިޕްގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ ޖަގަހަ އެއްވެމެއް ރޭ ބޭއްވި އެވެ، އެ ތާނގައި މާވަށު ދާއިރާގެ މެމްބަރު ވިދާޅުވީ ރާއްޖޭގެ ޒުވާނުން ކުރިން ވެސް އަދި މިހާރު ވެސް ތިބީ ރައީސް ޔާމީނާއެކުގައި ކަމަށެވެ. 

ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވީ ރައީސްގެ ޔާމީންގެ ވެރިކަމުގެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ އެތައް ކަމެއް ކުރެއްވި ކަމަށާއި އޭގެ ބަދަލަށް ޒުވާނުންގެ ބޮޑު ތާއީދެއް ރައީސް ޔާމީނަށް ދީފައިވާ ކަމަށެވެ. އަދި ޒުވާނުން އެދޭ ބަދަލުތަކާއެކު ރާއްޖެ އާ ބަދަލުތަކުގެ ތެރެއަށް ގެންގޮސް ދޭނީ ރައީސް ޔާމީނަށް ކަން ޒުވާނުން ގަބޫލު ކުރާ ކަމަށެވެ. 

އޭނާ ވިދާޅުވީ މިއީ މާޔޫސް ދުވަސްވަރެއް ކަމަށާއި މާޔޫސްކަން ފިލުވައި ދޭން ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު ވެސް އޮންނާނެ ކަމަށެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ރާއްޖޭގެ ޒުވާނުން ތިބޭނީ ރައީސް ޔާމީނާ އެކީގައި ކަމަށާއި ޒުވާނުންފެ ވޯޓާ އެކީ ރައީސް ޔާމީން އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ފަސްމަންޒަރު - ސައީދުގެ އެ ގޮތަށް ވާހަކަ ގެންނަވާ މިއީ އާ ފަހަރެއް ނޫނެވެ. އޭނާ އެހެން ވިދާޅުވި އިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައި ވަނިކޮށް އެ މަނިކުފާނު މައްޗަށް ކުށް ސާބިތުކޮށް އަދަބު ތަންފީޒު ކުރަން މަނިކުފާނު މި ވަގުތު ހުންނެވީ ދިގު މުއްދަތުގައި ޖަލަށްލާފަ އެވެ. އެހެންވެ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި ވާދަ ކުރެވެއްވޭ ޝަރުތު އެމަނިކުފާނަށް ހަމަވާނީ ދަށު ކޯޓުގެ ހުކުން މަތީ މަރުހަލާއަކު ބާތިލު ކޮށްފި ނަމަ އެވެ.

މިހާރު ޖަހާފައި އޮތް 11 އަހަރުގެ އެ ހުކުމް ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.