ރިޔާސީ އިންތިހާބުގެ މަޝްވަރާއަށް ގާސިމް ރައީސް އޮފީހަށް

މިއަދު ދާދި ދެންމެއަކު ގާސިމް ރައީސް އޮފީހަށް ވަދެ ވަޑައިގެންނެވި އިރު އިންތިހާބުގައި ކޯލިޝަނަކާ ވަކީ ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ ގާސިމަށް ލަފާދީފައިވެ އެވެ.

ގާސިމް އިބްރާހިމް މިއަދު ރައީސް އޮފީހަށް ވަދެ ވަޑައިގަންނަވަނީ

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ. 

މަޝްވަރާ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމާ ދެ ބޭފުޅުންގެ މެދުގަ އެވެ. ނަމަވެސް ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި މަޝްވަރާގެ އެޖެންޑާގައި އޮތް ކަންކަމެއް އަިރިހުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނެއް ވެސް މުޅީން ސާފެއް ނުވެ އެވެ. އެކަމަކު މައިގަނޑު މަޝްވަރާއަކީ ރިޔާސީ އިންތިހާބުގައި ދެބޭފުޅުންގެ ވިސްނުން އެއްގޮތް ކުރުން ކަމަށް ވެއެވެ.  

މިއަދު ދާދި ދެންމެއަކު ގާސިމް ރައީސް އޮފީހަށް ވަދެ ވަޑައިގެންނެވި އިރު އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ކޯލިޝަނަކާ ވަކިން ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ މިދިއަ ހަފުތާގައި ގާސިމަށް ލަފާދީފައި ވެއެވެ. 

ޖޭޕީގެ ލަފާ ހިމެނޭ ގަރާރު ކޮންގްރެސްގައި ފާސް ކުރުމުން ގާސިމް ވަނީ އެ ގަރާރު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެ ގަރާރު ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އޭރު ދެއްވާފައި ވެއެވެ. ގާސިމްގެ އެ އިޝާރާތަކީ ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމުގެ އިޝާރާތަކަށް ވެފައި ވެއެވެ. 

ގާސިމް އިބްރާހިމް މިއަދު ރައީސް އޮފީހަށް ވަޑައިގެންނަވަނީ -- އަދަދު ނޫހުގެ ފޮޓޯއެއް

ޖޭޕީގެ އެ ގަރާރެއް ފާސް ކޮށްފައި ވަނީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި އެމްޑީޕީގެ ރިޔާސީ ޓީކެޓް ކަށަވަރު ކުރެއްވުމަށް ފަހު ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވައި އެމްޑީޕީން އުފައްދާ ކޯލިޝަންގައި ބައިވެރިވާން ޖޭޕީ އާއި ގާސިމަށް ދައުވަތެއް ދީފައި ވަނިކޮށެވެ.

ގާސިމާއި ރައީސް ސޯލިހާ ދެބޭފުޅުން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މިއަދު މަޝްވަރާތައް ބާއްވާއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އާއި އިމްރާން އަބްދުﷲ ރައީސް ކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. 

ޖޭޕީން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޕާޓީގެ ކޮންގްރެހުން ލަފައެއް ދީފައި ވިޔަސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ ތާއީދު ދެއްވާނީ ރައީސް ސޯލިހަށް ކަމަށް އެންޑީޕީގައި އޮތް ރައީސ ސޯލިހުގެ ފެކްޝަނުން ބުނެ އެވެ. 

ރައީސް ސޯލިހާއި ގާސިމްގެ މަޝްވަރާތައް ހިނގާއިރު ގާސިމާއި ރައީސް މުހައްމަދު ނަޝީދާ ދެމެދުވެސް އަދި ގާސިމާ ޕީޕީއެމާ ދެމެދުގައި ވެސް އިންތިހާބާ ގުޅޭ މަޝްވަރާތައް ހިނގާ ކަމަށް ވެއެވެ. 

ކޮމެންޓް

1
450
ނަހޫ
2 years ago

މަޝްވަރާ ކޮށް ނިމިފައިވާ ކަމެއް ނު، ތީ ދުރާލާ ރާވައިގެން ފޮޓޯއެއް ނަގުވަން ކުރާ ކަމެއް ނު. ނިމިފައި އޮތީ ރައީސް ސޯލިހާއެކު ކުރިޔަށް ދާން ނޫންތޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.