ބުނަނީ ނަހުލާއާ ފާތުން ބައްދަލު ކުރެއްވީއޭ، ޖޭޕީން ބުނީ ނަހުލާ ވަޑައިގަތީ ޗީބޯއަށޭ

މިނިސްޓަރު ކާރަށް އަރާވަޑައިގަންނަވަނިކޮށް ފެންނަނީ ޗީބޯ ރެސްޓޯރަންޓް ނިކުންނެވުމަަށް ފަހު އެވެ. އެތަނަަށް ވަޑައިގެންނެވީ އާއިލީ ބޭފުޅުން ކޮޅެއް ތިއްބެވުމުންނެވެ.

ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން / ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ބައްދަލު ކުރެއްވި ކަމަަށް ދެކެވޭ ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގު ކޮށްފި އެވެ.

ރައީސް ޔާމީންގެ ގެކޮޅު ކައިރީން މިނިސްޓަރު ނަހުލާ ކާރަކަަށް އަރާވަޑައިގަންނަވަނިކޮށް ފެންނަ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކާއެކު ބައެއް ފަރާތްތަކުން ވަނީ އެއީ މެޑަމް ފާތުންއާ ބައްދަލު ކުރެއްވުމަށް ފަހު ނުކުންނަވާ ނަހުލާ ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ފެންނަ ފޮޓޯތަކެއް ކަމަަށް ބުނެފައެވެ.

އެ ވާހަކަތައް ދޮގު ކޮށް ޖޭޕީގެ އިސް ތަރުުޖަމާން އަލީ ސޯލިހް ވިދާޅުވީ ނަހުލާއާ ގުޅޭގޮތުން ފަތުރަނީ ބުހުތާނު ދޮއް ކަމަށެވެ. މިނިސްޓަރު ކާރަށް އަރާވަޑައިގަންނަވަނިކޮށް ފެންނަނީ ޗީބޯ ރެސްޓޯރަންޓް ނުކުންނެވުމަަށް ފަހު އެވެ. އެތަނަަށް ވަޑައިގެންނެވީ އެތާނގައި އާއިލީ ބޭފުޅުން ކޮޅެއް ތިއްބެވުމުން ކަމަށް ވެސް ވެސް ވިދާޅުވި އެވެ.

ޗީބޯ ރެސްޓޯރަންޓް ހުންނަނީ ރައީސް ޔާމީންގެ ގެކޮޅުގެ އަނެއް ކަންމަތީ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ނަމަވެެސް އެމަނިކުފާނު މިވަގުތު ހުންނެވީ ދިގު ޖަލު ހުކުމެއްގައި މާފުށީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.