ނޯޓިސް ދިނުމުން އެމްއާރްއެމުން 3000 އަށް އަރުވައިފި

އެމްއާރްއެމްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ވެސް ގާނޫނީ އަދަދެއް ހަމައެއް ނުވެ އެވެ. އެ ޕާޓީގައި ތިބީ 2556 މެންބަރުންނެވެ.

އެމްއާރްއެމްގެ ޒައީމް / ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: އެޕާޓީ އިން ވަނީ 3000 މެމްބަރުން ހަމަކުރަން އީސީއަށް ފޯމް ހުށަހަޅާފައި

ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ ގާނޫނީ އަދަދު، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ހަމަކޮށްލައިފި އެވެ. 

އެމްއާރްއެމް އިން ބުނެފައި ވަނީ 3000 މެމްބަރުން ހަމަކޮށް އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެ ޕާޓީއިން މެމްބަރުން ހަމަކޮށްފައި ވަނީ ގާނޫނީ އަދަދު ހަމަނުވާތީ އަދަދު ހަމަ ކުރުމަށް ތިން މަސް ދުވަހުގެ ނޯޓިހެއް އީސީއިން ދީފައި ވާތީ އެވެ. މިއީ އަދަދު ހަމަނުވެގެން އެ ޕާޓީއަށް ނޯޓިސް ދިން ދެވަނަ ފަހަރެވެ.

އީސީގެ ދަފްތަރު ބުނާ ގޮތުން މެމްބަރުން ހަމަކުރުމާ ހަމައަށް އެމްއާރްއެމްގައި ތިބީ 2981 މެންބަރުންނެވެ. ގާނޫނީ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަ ކުރުމަށް ތިން މަސްތެރޭ 19 މެންބަރުން އިތުރު ކުރަން ޖެހެ އެވެ.

އެމްއާރްއެމްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ވެސް ގާނޫނީ އަދަދެއް ހަމައެއް ނުވެ އެވެ. އެ ޕާޓީގައި ތިބީ 2556 މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.