ސްޓޮކް އެކްސްޗޭންޖް: މިއަހަރު ހާއްސައީ ޒަމާނުގެ ބަދަލަށް

"އަހަންނަކީ ވެސް އިންވެސްޓަރެއް" ޝިއާރުގެ ދަށުން މާކެޓް އެވެއާނެސް ކެމްޕޭން ތަކެއް މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުނަށާއި، އަންހެނުންނާއި، ޒުވާނުންނަށް އަމާޒު ކޮށްގެން ހިންގާނެ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް 15 އަހަރު ފުރުމަށް ބޭއްވި ގާލާ އެމްއެސްއީގެ މުވައްޒަފުން
  •  "އިންފިނިޓީ" ޒަމާނީ ޓްރޭޑިން ޕްލެޓްފޯމެއްގެ ގޮތުގައި ލޯންޗުކުރާނެ
  •  "އަހަންނަކީ ވެސް އިންވެސްޓަރެއް" މިއުނިޓީ އެވެއާނެސް ޕްރޮގްރާމް ހިންގާނެ
  •  ކެންސަރު ސޮސައިޓީއަށް 150،000ރުފިޔާ ހަދިޔާކުރި

ޒަމާނީ ޓެކްނޮލޮޖީއާއެކު، ރާއްޖޭގެ ހިއްސާގެ ބާޒާރަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކޮށް، މި އަހަރަކީ "އިޔާ އޮފް ޓްރޭޑިން" ގެ ގޮތުގައި ފާހަގަ ކުރަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ނިންމައިފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް 15 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރޭ މާލޭގެ "މީރުމާ" ގައި ބޭއްވި ގާލާގައި މި އަހަރު ފާހަގަ ކުރުމުގެ ގޮތުން އެމްއެސްއީން ކުރާނެ ކަންކަން އިއުލާނު ކުރި އެވެ. 

އެ ގޮތުން "އަހަންނަކީ ވެސް އިންވެސްޓަރެއް" ޝިއާރުގެ ދަށުން މާކެޓް އެވެއާނެސް ކެމްޕޭން ތަކެއް މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުނަށާއި، އަންހެނުންނާއި، ޒުވާނުންނަށް އަމާޒު ކޮށްގެން ހިންގާނެކަން އިއުލާނު ކުރި އެވެ.

މީގެ އިތުރުން ހިދުމަތްތައް އިތުރަށް ފަސޭހަ ކުރަން ގެންނަ ކުރިއެރުންތައް ވެސް ދައްކާލި އެވެ. އެގޮތުން އެ ކުންފުނީގެ އިންފިނިޓީ ޕޯޓަލްއަށް ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް ވަރަށް އަވަހަށް އަންނާނެ އެވެ. އެއާއެކު، އިންފިނިޓީ އިން ސެކުރިޓީސް ސެޓްފިކެޓާ ބެހޭ މައުލޫމާތު އެ ޕޯޓަލުން ފެންނަން ފަށާނެ އެވެ. 

ސްޓޮކްއެކްސްޗޭންޖުން ތަރައްގީ ކުރި ސެކިއުރިޓީ މެނޭޖްމަންޓް ސޮފްޓްވެއާގެ މަސައްކަތުގައި މިހާރު ބައެއް ލިސްޓެޑް ކުންފުނިތަކާއެކު މަސައްކަތް ކުރަމުން ދެ އެވެ. 

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް 15 އަހަރު ފުރުމަށް ބޭއްވި ގާލާ ނައިޓުގައި ދިރާގަށް އަގުވަޒަން ކުރުމުގެ ފިލާ ހަވާލު ކުރަނީ

އެމްއެސްއީން އަންނަނީ ހިއްސާގެ ބާޒާރުގެ ސެކަންޑަރީ މާކެޓަށް އަމާޒު ކޮށްގެން ޑިޖިޓަލް އޯޑާ މެނޭޖްމަންޓް ސިސްޓަމެއް ވެސް ތަރައްގީ ކުރަމުންނެވެ. އެ ސިސްޓަމް ތައާރަފު ކުރަނީ އޭގެ އޭޕީއައި ބޭނުން ކޮށްގެން ބްރޯކަރުންނަށް އަމިއްލަ ޕްލެޓްފޯމްތައް ޑިވެލޮޕް ކުރެވޭ ގޮތަށެވެ.

ރޭގެ ހަފްލާގައި ސްޓޮކް އެކްސްޗޭންޖުގެ ތާރީހުގައި އެ ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދިނެވެ. އަދި އެ ކުންފުނީގެ އަހަރީ އިންތިހާބާ ދިމާކޮށް އާންމުންނާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ގެންދިޔަ ހާއްސަ ފަންޑުރެއިޒާ އަކުން، އެއްކުރި 150،000 ރުފިޔާ ކެންސަރު ސޮސައިޓީއަށް ހަދިޔާ ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.