ޖޭޕީން ނިންމާނީ ރައްޔިތުންނާއި ހުރިހާ ޕާޓީތަކަށް އެންމެ ރަނގަޅު ގޮތް: ގާސިމް

ގާސިމް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ނިންމުމަށް މުޅި ގައުމުގެ ނަޒަރު ހުއްޓިފައި ވަނިކޮށެވެ. ގާސިމާއި ޖުމްހޫރީ ޕާޓީގެ ތާއީދަށް އެދި ރައީސް ސޯލިހް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ޕާޓީއާ އެމަނިކުފާނު އަބަދުވެސް ނިންމާނީ ދިވެހިރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހީންނަށް ހެޔޮ ގޮތް ހޯދާ ދިނުމަށް ކަމަަށް ވިދާޅުވެފައެވެ. މިހާތަނަށް ކުރެއްވި ކޮންމެ ކަމެއް ކުރެއްވީވެސް އެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތުގައި ފަހަތަށް ޖެހުމެއް ނެެތް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދާދިނުމަށްޓަކައި ފަތަންޖެހޭ ކޮންމެ ކަނޑެއްގައި އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކުގައި ފަތަން ކަން އަޅުގަނޑު ކަށަވަރު ކޮށްދޭން. އަޅުގަނޑުމެން މި ޕާޓީން ކުރާ މަަސައްކަތުގައި ފަހަތަކަށް ނުޖެހޭނަން. މާތްﷲ އިރާދަކުރެއްވިއްޔާ މި ޕާޓީއާ އަޅުގަނޑު އަބަދުވެސް ނިންމާނީ މި ދިވެހިރައްޔިތުންނާއި އަޅުގަނޑުމެން ހުރިހާ ޕާޓީތަކަށް އެންމެ ރަނގަޅު ގޮތް ކަމުގައި ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ނިންމުމަށް މުޅި ގައުމުގެ ނަޒަރު ހުއްޓިފައި ވަނިކޮށެވެ. ގާސިމާއި ޖުމްހޫރީ ޕާޓީގެ ތާއީދަށް އެދި ރައީސް ސޯލިހް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅަށް އަވަސް ނިންމުމެއް ނިންމަން ޖޭޕީގެ ޝައުގުވެރި ކަމެއް ނެތެވެ.

އަނެއްކޮޅުން ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށައެޅުއްވި ގަރާރެއް ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ރޭ ވަނީ ފާސްކޮށްފައެވެ. ކޮންފަރެންސްގައި ވާހަކަ ދެއްކެވި އެ ޕާޓީގެ ހުރިހާ ބޭފުޅުންހެން ވަނީ ގާސިމް، އިންތިހާބަށް ނިކުންނެވުމަށް ގޮވާލައްވާފައެވެ. ޖުމްހޫރީ ޕާޓީން އެހެން ޕާޓީއެއްގެ ފަހަތަށް އަރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކާއި ގުޅިގެން ގާސިމް ވަނީ ފަހަތަށް ޖެހިވަޑައިގަންނަވަން އުޅުއްވާ ކަމަށް ހީފުޅުވަނީތޯ ސުވާލު ކުރައްވާފައެވެ. އަދި އެއް އަޅައިގެން ކަނޑަށް ނުނިކުމެ ތިއްބަވާނެ ކަމަށް ހީފުޅުވަނީތޯ ސުވާލު ކުރައްވާ ކުރީން ދެ އިންތިހާބެއްގައި ވާދަކުރައްވާފައިވާކަން ހަނދާން ކޮށްދެއްވާފައެވެ.

ފަސްމަންޒަރު - ޕާޓީ ނިޒާމާއެކު ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް "ކިންގް މޭކާ" އަކީ ގާސިމް އިބްރާހިމެވެ. ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ތާއީދު ބޭނުން ވެގެން ބޮޑު ދެ ޕާޓީން ކޮންމެ ފަހަރަކު ވެސް ދެއެވެ. މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް ކާމިޔާބު ލިބުނީ ގާސިމްގެ ބައިވެރިވުމާއެކު ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.