ގައުމަށްޓަކައި އެންމެ ކުރީ ސަފުގައި ގާސިމް ހުންނަވާނެ: ނަހުލާ

"ލީޑާޝިޕް، އަމަލާ ބަހުން ދައްކަވާފައިވާ ހަރުދަނާ ލީޑަރެއް. މި ގައުމުގެ ހައްގަށްޓަކައި ޖާނާ މާލުން ގުރުބާން ވެވަޑައިގަންނަވަން ޖެހޭ ކޮންމެ ވަގުތެއްގައި [ގާސިމް އިބްރާހިމް] ސަފުގެ އެންމެ ކުރީގައިވާނެކަން ޔަގީން،"

ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ނާއިބު ލީޑަރު އައިޝަތު ނަހުލާ: ފިރިކަލުން ގާސިމަށް ތައުރީފު ކުރެއްވި

ގައުމަށްޓަކައި ގުރުބާން ވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ކޮންމެ ވަގުތެއްގައި ސަފުގެ އެންމެ ކުރީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނަވާނެ ކަމަށް ވިދާޅުވެ ގާސިމްގެ އަނބިކަނބަލުން / ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ކަަމަށް އަލަށް އިންތިހާބުވި އައިޝަތު ނަހުލާ، ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ނަހުލާ އަކީ މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ. އަދި އެކަމަނާއަކީ ޖުމްހޫރީ ޕާޓީގެ ތާރީހުގައި އެ ޕާޓީގެ އެންމެ އިސް މަގާމުތަކުގެ ތެރެއިން މަގާމަކަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. ވާދަވެރި ރޭހެއްގައި ނައިބު ލީޑަރު ކަމަށް ނަހުލާ ވަޑައިގަތީ ވެސް އެންމެ ގިނަ ވޯޓް ހޯއްދަވައިގެންނެވެ. އެކަމަނާ ވަނީ 558 ވޯޓް ހޯއްދަވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އޭނާއަށް ލިބިވަޑައިގެންނެވި ކޮންމެ ކާމިޔާބެއްގެ އަސްލަކީ ގާސިމް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުީ ގާސިމަކީ އަމަލާ ބަހުން ލީޑަރެއްގެ ސިފަތައް ދެއްކެވި ބޭފުޅެއް ކަމަށާއި އެއީ މުޅި ރާއްޖެ ފަހުރުވެރިވާ ބޭފުޅެއް ކަމަށެވެ. 

ނަހުލާ ވިދާޅުވި ގޮތުގައި ގާސިމް ވަނީ ވަޑައިގެންނެވި ކޮންމެ މައިދާނެއްގައި ނަތީޖާ ނެެރެދެއްވާފަ އެވެ. އަދި ކުރިއަށް އޮތްތާ ވެސް ގައުމަށްޓަކައި ވެވަޑައިގެންނެވި ކޮންމެ ވަގުތެއްގައި ގާސިމް ސަފުގެ އެންމެ ކުރީގައި ހުންނަވާނެ ކަމާމެދު ވެސް ޝައްކެތް ނުކުރައްވަ އެވެ. 

"ލީޑާޝިޕް، އަމަލާ ބަހުން ދައްކަވާފައިވާ ހަރުދަނާ ލީޑަރެއް. މި ގައުމުގެ ހައްގަށްޓަކައި ޖާނާ މާލުން ގުރުބާން ވެވަޑައިގަންނަވަން ޖެހޭ ކޮންމެ ވަގުތެއްގައި [ގާސިމް އިބްރާހިމް] ސަފުގެ އެންމެ ކުރީގައިވާނެކަން ޔަގީން،" ނަހުލާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ނަހުލާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ އެންމެ އިސް މަގާމުތަކުގެ ތެރެއިން މަގާމަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބު ވުމަކީ އެ ޕާޓީގައި ޖިންސުގެ ހަމަހަމަަ ކަމަށް އޮތް ފުރުސަތެވެ. 

ވިދާޅުވީ އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި މެންބަރުން ހަވާލު ކުރެއްވީ މަގާމަކަށް ވުރެ ބޮޑަށް ޒިންމާ އެކެވެ. އެ ޒިންމާ ފުރިހަމަ ކަމާއެކު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އިންތިހާބުވީ ހުރިހާ ބޭފުޅުންގެވެސް މަގުސަދަކަށް ވާންވާނީ އެކަކުވެސް ބާކީނުކޮށް ޕާޓީ ކުރިއަށް ގެންދެވުމެވެ.

ނަހުލާ މިރޭވެސް ވިދާޅުވީ ރާއްޖޭގެ ސިޔާސި މައިދާނުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ބައިވަރު ކަމަށެވެ. އޭނާއަށްވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތައް ކުރިމަތިވި ކަމަށް  ވެސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.