ބުރުނީގައި ހިތާމަވެރި ހާދިސާއެއް: އެކަކު މަރުވެ ތިން މީހަކަށް ބޮޑެތި އަނިޔާ

މަރުގެ ހާދިސާ އައީ އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށެވެ. ބުރުނީ ކައުންސިލުން ބުނި ގޮތުގައި ރުއްތައް ނެގުމުގެ މަސައްކަތުގައި ރުކަކުން ޖެހި މީހާ މަރުވި އިރު އެހެން ބަޔަކަށް އަނިޔާވި އެވެ.

ތ. ބުރުނީ

ތ. އަތޮޅު ބުރުނީގައި މިއަދު ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިއްޖެ އެވެ.

ކިހިނެއްވީ ކަމެއް؟ - އެ ރަށުގައި މި ހާދިސާ ހިނގީ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނި ކޮށެވެ. އެއިން ރުކަކުން ޖެހިގެން މަރުވެފައި ވަނީ އިންޑިއާގެ މީހެކެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކީ ވެސް އިންޑިއާގެ ރައްޔިތުންނެވެ. ދެން ހިމެނެނީ ބަންގަލާދޭޝްގެ މީހެކެވެ.
ބުރުނީ ކައުންސިލުން ބުނީ - ބުރުނީ ކައުންސިލުން ބުނި ގޮތުގައި އެ ރަށުގައި އެ ހާދިސާ ހިނގީ މިއަދު ހަވީރު 4:30 ހާއިރު އެވެ. ރުއްތައް ނެގުމުގެ މަސައްކަތް ކުރަނިކޮށް ރުކަކު ޖެހި މީހަކު ވަނީ މަރުވެފަ އެވެ. އަދި އަނިޔާވި މީހުންނަށް ދ. އަތޮޅު ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ފުރިހަމަ ތަފްސީލެއް ނުލިބުނަސް ބޮޑެތި އަނިޔާތައް ވެފައި ވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ. 

ނަމަވެސް އެ ރަށު ކައުންސިލު އިދާރާއިން ބުނި ގޮތުގައި އަމިއްލަ މީހެއްގެ ގޭގައި ހުރި ރުއްތަކެއް ނަގަނިކޮށް ބިދޭސީ މީހާގެ ގައިމައްޗަށް ރުކެއް ވެއްޓުނީ އެވެ. އަދި ރުކުން ޖެހި އެ މަސައްކަތުގައި އުޅުނު އިތުރު ބަޔަކަށް އަނިޔާވީ އެވެ. އެއީ އެމްޓީސީސީގެ ޕްރޮޖެކްޓެއްގައި އުޅުނު ބިދޭސީންތަކެއް ކަމަށް ވެސް ބުންޏެވެ.

ހާދިސާއާ ގުޅޭ ގޮތުން އެމްޓީސީސީން ވަކި އެއްޗެއް ނުބުނެ އެވެ.

ދެ މީހެއްގެ ހާލު ދެރަ، އެންމެ މާލެ ގެންނަނީ

މިއަދު ހިނގި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ. އަދި ހާދިސާގައި މަރުވި މީހާ އާއި އަނިޔާވި ތިން މީހުން މާލެ ގެނައުމަށް ދަނީ މަަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގާފައިވަނީ ރުކެއް ވައްޓާލާ އެ ރުއް ފުރޮޅާލަން އުޅުމުގެ ތެރޭގައެވެ. ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހަވީރު 4:44 ގައެވެ. އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދިނީ ބުރުނީ ސިއްހީ މަރުކަޒުގައެވެ. އަދި ފަހުން އިތުރު ފަރުވާއަށް ދ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.