އާ ދައުރަކަށް ގާސިމް ހޮވިއްޖެ ކަމަަށް އިއުލާނުކޮށްފި

މިހާރު މި ނިމެނީ އެ ޕާޓީގައި ގާސިމްގެ ތިންވަނަ ދައުރެވެ. ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހިމެވެ.

އާ ދައުރަކަށް ގާސިމް ވަނީ އިންތިހާބުވެވަޑައިގެންފައި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމްގެ އިތުރުން އެހެން އެއްވެސް މީހަކު ކުރިމަތިލައްވާފައި ނުވާތީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަަށް އެމަނިކުފާނު އިންތިހާބުވެ ވަޑައިގެންފައިވާ ކަމަށް މިއަދު އިއުލާނު ކޮށްފި އެވެ.

އިއްޔެ ފެށި ކޮންގްރެސްގައި މިއަދުގެ ފުރަތަަމަ ދަންފަޅި ފެށީ އެ އިއުލާނާ އެކުގަ އެވެ. 

ގާސިމް އެ މަގާމަށް ކުރިމަތި ލެއްވުމުން ލީޑަރުގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތި ނުލައްވާނެކަން ކުރީން ވެސް އޮތީ ބެލެވިފަ އެވެ. މި ނިމެނީ ގާސިމްގެ ތިންވަނަ ދައުރެވެ. ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހިމެވެ.

ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްް ވަނީ ވާދަ ކުރައްވާފަ އެވެ. އަދި 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ހަތަރު ވަނަަ އެވެ. ފަހުން 2013 ވަނަ އަހަރު ތިން ވަނަ އެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަށް ވާދަވެރި ކަމެއް ނެތަސް ޑެޕިއުޓީ ލީޑަރުގެ ހަތަރު މަގާމާއި ކައުންސިލަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. މިއީ އެ ޕާޓީގެ ތާރީހު ވެސް އެންމެ ވާދަވެރި ކޮންގްރެސް އެވެ. ޖުމްހޫރީ ޕާޓީ އުފެދުނީ އޮގަސްޓް 8، 2008 ގައެވެ.

ކުރިއަށް ދެން އޮތީ ޕާޓީގެ މަގާމުތަކަަށް އާ ދައުރަަށް މެންބަރުން އިންތިހާބު ކުރުމެވެ. އޭގެތެރޭގައި ޑެޕިއުޓީ ލީޑަރުންނާއި ކައުންސިލް މެމްބަރުން އިންތިހާބުކުރުން އޮންނާނެ އެވެ. އަދި ލީގުތަކުގެ މެމްބަރުންނާއި ރައީސުން އަދި ނައިބު ރައީސުން އިންތިހާބުކުރުން ވެސް އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.