ރައީސް ސޯލިހާއެކު ހުރެގެން ހޯދޭނެ ހެޔޮ ގޮތެއް ނެތް: ނަޝީދު

ނަޝީދު ވިދާޅުވީ ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮގޮތް ހޯދުމަށް މަސައްކަތް ކުރާން ޖެހޭނެ ކަމަށެވެ. އެހެނަސް އެއީ ރައީސް ސޯލިހާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަަމަށެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ސޯލިހާއި ރައީސް ނަޝީދު

ރާއްޖެ އާއި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުރެގެން އެ ގޮތް ހޯދެން އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަކޮށްގެން ކުރީން ގެންގުޅުއްވި "އަނެއް ދިވެހިރާއްޖެ" ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ވަނީ އެއީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއް ކަމަށް ފަހުން އެއްބަސްވެވަޑައިގެންފައެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ފުރަތަމަ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެމަނިުފާނު އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. އެހެން ވިދާޅުވެފައި ވަނީ ނަޝީދާއެކު އިންތިހާބުގެ މަޝްވަރާތައް ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު މި ޓްވީޓް ކުރެއްވީ ހެނދުނުގެ އެންމެ ހެނދުނާ 7:59 ގައެވެ. ނަމަވެސް އެ ޓްވީޓްގައި ބޭނުން ކުރެވިފައިވާ އިބާރާތް މުޅީން ރަނގަޅު ނޫން ކަމަށް ވިދާޅުވެ އިތުރު ޓްވީޓެއް ފަހުން ކުރެއްވި އެވެ. އެއީ 9:34 ގައެވެ.

"މި ތަނުގައި އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ބުނެވުނީ ގޯހުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮގޮތް ހޯދުމަށް މަސައްކަތް ކުރާން ޖެހޭނެ ކަމަށެވެ. އެހެނަސް އެއީ ރައީސް ސޯލިހާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ސޯލިހާ ވާދަކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް ރައީސް ވަނީ ނަޝީދުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން މުޅީން އެއްބަސްވެވަޑައިނުގެންނެވި ނަމަވެސް ކުޑަ ތަފާތަކުން ރައީސް މޮޅުވެއްޖެ ކަމަށް ނަޝީދު ފަހުން ވިދާޅުވިއެވެ. އެކަން އެގޮތަށް ގަބޫލުކުރެއްވިޔަސް ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ސާފުކޮށް ވިދާޅުވިއެވެ.

އަދި އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވާނެ ކަމަށާ އެ ހަރަކާތަށް ބައިލައްކަ މެންބަރުން ހަމަކޮށް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމާމެދު ގޮތް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރައްވާނީ ޖޫންގެ ނިޔަލަށް ކަމަށްވެސް ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތަށް ބައިލައްކަ ސޮއި ހަމަވެއްޖެ ކަމަށްވެސް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.