ދީނުގެ ވާހަކަ ދައްކަން މައުމޫނާއި ނަޝީދު ކުފޫހަމައެއް ނުވޭ: ފަޒްލޫން

ޔޯގާ ހަރަކާތްތައް ހިންގުމާ މެދު ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން އިއްޔެއިން ފެށިގެން ގެންދަވަނީ އެ ބޭފުޚުން ދެކެ ވަޑައިގަންނަވާ ގޮތް ވިދާޅުވަމުންނެވެ. ޔޯގާގެ މައްސަލާގައި ރައްޔިތުންގެ ނުރުހުން ރައީސް ސޯލިހުގެ ސަރުކާރަށް އެބައޮތެވެ.

ޔޯގާ އިވެންޓަށް ފަހު ހައްޔަރު ކުރި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޝައިހު ފަޒްލޫން

ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންނަކީ އިސްލާމް ދީނުގެ ވާހަކަ ދައްކަން ކުފޫ ހަމަވާ ބޭފުޅުން ނޫން ކަމަށް ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވިދާޅު ވެއްޖެ އެވެ.

ރައީސް މައުމުނާއި ރައީސް ނަޝީދާ ދެބޭފުޅުން ވިދާޅުވާ ގޮތުން ޔޯގާއަކީ ހަރާމް ކަމެއް ނޫނެވެ. އެ ދެ ރައީސުން ވެސް ވަނީ އެހެން ވިދާޅުވެފައެވެ. ސައިހް ފަޒްލޫންއަކީ ޖޫން 21 ގެ ޔޯގާ އިވެންޓް ހުއްޓުވަން މަސައްކަތް ކުރެއްވުމުން ތުހުމަތައް އަޅުވައި ފުލުހުން ހައްޔަރު ކުރި، ދީނީ ދެ އިލްމުވެރިންގެ ތެރެއިން އެކެކެވެ. މަހެއްހާ ދުވަހު ހައްޔަރުގައި ގެންގުޅުމަށް ފަހު މިހާރު އޭނާ ހުންނެވީ ޝަރުތައް ކުރިމަތި ކުރުވުމަށް ފަހު މިނިވަން ކޮށްފައެވެ.

ޝައިހު މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ "ރާއްޖޭގެ ތިން ވަނަ އަދި ހަތަރު ވަނަ ރައީސް އިސްލާމް ދީނާމެދު އެއްޗެއް ބުނެފިނަމަ އާންމު ގޮތެއްގައި އިސްލާމްދީނުގައި އެކަމެއް އޮންނާނީ އޭގެ އިދިކޮޅަށް" ކަމަށެވެ.

"އެއިން އެކަކީވެސް [އެއްވެސް ބޭފުޅަކީވެސް] ދީނުގެ ވާހަކަ ދައްކަން ކުފޫހަމަވާ މީހެއް [ބޭފުޅުންނެއް] ނޫން! ފަޒްލޫން ވިދާޅުވި އެވެ.

ޔޯގާ ހަރަކާތްތައް ހިންގުމާ މެދު ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން އިއްޔެއިން ފެށިގެން ގެންދަނީ ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވަމުންނެވެ. ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ޔޯގާއަކީ ޝިރުގެ އަމަލެއް ކަމަށް ވިދާޅުވެފައިވާއިރު ދީނީ އިލްމުވެރިޔާ ރައީސް މައުމޫން ވިދާޅުވެފައިވާ ޔޯގާ އަކީ ހަރާމް ކަމެއް ނޫން ކަމަށެވެ.

ޔޯގާ މައްސަލާގައި އާންމު ރައްޔިތުންނާއި ދީނީ އިލްމުވެރިން ނުރުހުމާއި ފާޑުކިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެބައޮތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.