ރިޒާގެ ޖަނާޒާ މާދަމާ ހެނދުނު މެލޭޝިޔާގައި

ރިޒާ އަވަހާރަވީ ގޮހޮރުގެ ކެންސަރުގެ އާލާސްކަންފުޅުގައެވެ. އަވަހާރަވީ ފަރުވާއަށް މެލޭޝިޔާގައި ހުންނަވަނިކޮށެވެ.

ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ: ރޭ ވަނީ އަވަހާރަވެފައި

ރޭ އަވަހާރަވި ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ޖަނާޒާ މާދަމާ ހެނދުނު ބޭއްވުމަށް ނިންމައިފި އެވެ.

ރިޒާ އަވަހާރަވީ ގޮހޮރުގެ ކެންސަރުގެ އާލާސްކަންފުޅުގައެވެ. އަވަހާރަވީ ފަރުވާއަށް މެލޭޝިޔާގައި ހުންނަވަނިކޮށެވެ. މީގެ ކުރީން ދުބާއީގައިވެސް ކެންސަރަށް ފަރުވާ ހޯއްދަވާފައިވެއެވެ.

ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ރިޒާ ނިސްބަތްވާ ޕީޕީއެމުން ބުނީ ރިޒާގެ މޫނު ދެއްކުމާއި ޖަނާޒާ މާދަމާ ހެނދުނު މެލޭޝިޔާ ގަޑިން 10 ޖަހާއިރު ބޭއްވުމަށް އާއިލާއިން ނިންމާފައިވާ ކަަމަށެވެ. ޖަނާޒާގައި ޕީޕީއެމް / ޕީއެންސީގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އާއި ގުރައިދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މެލޭޝިޔާގައި މިވަގުތު ދިރިއުޅުއްވާ ޕީޕީއެމްގެ ސެނެޓާ ޒާހިދު ރަމީޒުވެސް ބަައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ދައުރަށް ގުރައިދޫ ދާއިރާގެ މެންބަރަކަށް ހޮވިވަޑައިގެންނެވިއިރު އޭގެ ކުރީން ހިނގި 18 އަދި 17 ވަނަ މަޖިލީހުގައިވެސް އެ ދާއިރާގެ ގޮޑި ފުުރުއްވީ ރިޒާ އެވެ.

ރިޒާއަކީ ޑީއާރުޕީ އާއި ޕީޕީއެމް އުފެއްދެވުމުގެ މަސައްކަތުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.