އަނެއްކާވެސް ބޯޓުގެ ސިޑި ބައިޑަން ކައްސާލައިފި

ބައިޑަން 80، އަކީ އެމެރިކާގައި ވެރިކަން ކުރައްވާ އެންމެ އުމުރުން ދޮށީ ރައީސެވެ. އެހެންވެ ވެރިކަން ކުރެއްވުމަށް ބައިޑަން އަކީ ފިޓް ބޭފުޅެއް ނޫން ކަމަށް ބުނާ ފާޑުކިޔުންތައް އޮވެ އެވެ.

ރަސްމީ މަތިންދާ ބޯޓުކޮޅު، އެއާފޯސް ވަން އަރާ ވަޑައިގަންނަވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާ ވެސް ސިޑިމަތިން ކައްސާލައިފި އެވެ. މިއީ ބައިޑަން އެއާފޯސް ވަންގެ ސިޑިމަތީން ކައްސާލާ ހަތަރު ވަނަ ފަހަރެވެ. 

މަތިންދާބޯޓަށް އަރަވައިޑައިގަތުމަށް ސިޑިން އަރައި ވަޑައިގަންނަވަނިކޮށް މިފަހަރު ކައްސަލާފައި ވަނީ ރައީސް ބައިޑަން ޕޯލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު ގައުމަށް ވަޑައިގަތުމުގެ ދަތުރުފުޅަށް އެއާފޯސް ވަންއަށް އަރައި ވަޑައިގެންނެވުމުގެ ތެރޭ ސިޑި މަތީގަ އެވެ.

އެ ހާދިސާގެ ވީޑިއޯއެއް ވެސް އާންމުވެފައި ވެފައި ވެއެވެ. ފެންނަ ފެނުމަށް އެ ކައްސާލުމުގައި ނުތަނަވެސް ކަމެއް ލިބި ވަޑައިގަތުން ފިޔަވައި ރައީސް ބައިޑަން އަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބި ވަޑައެއް ނުގަންނަވަ އެވެ. އަދި ކުރީ ތިން ފަހަރަށް ވުރެ މިފަހަރުގެ ހާދިސާގެ ސީރިއަސްކަން ކުޑަ އެވެ. 

އެއާފޯސް ވަންް އަށް އަރައި ވަޑައިގެންނެވުމުގެ ތެރޭގައި ބައިޑަން ކައްސާލަނީ ސިޑީގެ މެދާހަމައިންނެވެ. ނަމަވެސް ވަރަށް އަވަހަށް ބައިޑަން ތެދުވެ ވަޑައިގެން އަމިއްލަފުޅަށް އެ މަނިކުފާނުގެ ހަށިގަނޑު ބެލެންސް ކުރައްވަ އެވެ.

ބައިޑަން 80، އަކީ އެމެރިކާގެ ތާރީހުގައި އެ ގައުމުގައި ވެރިކަން ކުރައްވާ އެންމެ އުމުރުން ދޮށީ ބޭފުޅާ އެވެ. އެހެންވެ ވެރިކަން ކުރެއްވުމަށް ބައިޑަން އަކީ ފިޓް ބޭފުޅެއް ނޫން ކަމަށް ބުނާ ފާޑުކިޔުންތައް އެ ގައުމުގައި އޮވެއެވެ. އެ ފާޑުކިޔުންތައް ބޮޑަށް އޮންނަނީ ރިޕަބްލިކަނުންގެ ތެރޭގަ އެވެ. 

ހިނަގަވައި އުޅުއްވުމުގައި ބައިޑަން އަށް ދަތިތަކެއް ކުރިމަތިވެ ވަޑައިގަންނަވަ އެވެ. އެއީ މައިބަދަ އާއި ފައިތިލައިގެ ސެންސަރީ ޕެރިޕަރަލް ނިއުރޯޕަތީ ހުންނާތީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.