އުރުދުޣާން ރަޝިއާ އަށް ވަޑައިގަންނަވަނީ

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭނުން ގޮވާން އެކްސްޕޯޓް ކުރުމަށް ހުރަސް އެޅިފައި އޮންނަތާ ދުވަސްތަކެއް ފަހުން މިހާރު ވަނީ ގޮވާން ބޭރުކުރެވޭ ގޮތް ވެފަ އެވެ.

އުރުދުގާން އާއި ޕޫޓިން އީރާންގެ ވެރިރަށް ތެހެރާންގައި ބައްދަލު ކުރައްވާ ސަލާމް ކުރައްވަނީ: އޯގަސްޓް ފަސް ވަނަ ދުވަހުވެސް ދެ ބޭފުޅުން ބައްދަލު ކުރައްވާނެ

މި ދުވަސްވަރު އެއްވެސް ގައުމެއްގެ ވަރިޔަކު ރަޝިއާއަށް ވަޑައިގަތުމަކީ ވަރަށް ބޮޑު ކަމެކެވެ. އެހެން އޮއްވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ރަޝިއާއަށް ވަޑައިގަންނަވާ ރައީސް ޕޫޓިންއާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ތުރުކީން ބުނާ ގޮތުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި ރަޝިއާ ވަޑައިގަންނަވާނީ އަންނަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެވެ.

ޕޫޓިން އާއި އުރުދުޣާން މި ފަހުން ވަނީ އީރާނަށް ވަޑައިގެން ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ދެ ލީޑަރުން އީރާނަށް ވަޑައިގަތީ އީރާންގެ ރައީސް، އިބްރާހީމް ރައީސީއާއެކު މަޝްވަރާ ކުރެއްވުމަށެވެ.

ތުރުކީ އަކީ ރަޝިޔާ - ޔުކުރޭން ހަނގުރާމަ ފެށުނު އިރު ދެ ގައުމު ސުލްހަކޮށް އެހެން ގޮތެއް އެކަމުގައި އޮތްތޯ ބަލަން އެންމެ ބޮޑަށް މަސައްކަތް ކުރި ގައުމެވެ. އެހެން ނަމަވެސް އޯގަސްޓް މަހުގެ ދަތުރުފުޅަކީ ކޮން ބޭނުންފުޅެއްގައި އުރުދުޣާން ކުރައްވާ ދަތުރުފުޅެއް ކަން ސާފު ކޮށްދީފައެއް ނުވެއެވެ. އެއްވެސް ކަމެއް އަދި ތިލަކޮށްދީފައި ނެތް ނަމަވެސް ޕޫޓިން އާއި އުރުދުޣާންގެ ބައްދަލު ކުރެއްވަކީ ހަނގުރާމައާ ބެހޭ މަޝްވަރާ ހިނގާނެ ބައްދަލު ވުމަކަށް ވާނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭނުން ގޮވާން އެކްސްޕޯޓް ކުރުަމަށް ހުރަސް އެޅިފައި އޮންނަތާ ދުވަސްތަކެއް ފަހުން މިހާރު ވަނީ ގޮވާން ބޭރުކުރެވޭ ގޮތް ވެފަ އެވެ. އެކަން ހަމަ ޖެހުނީ ދެމެދަށް ތުރުކީ މެދުވެރިވެގެނެވެ. އދ. އާއެކު ތުރުކީ އިސްވެ ކުރި މަސައްކަތުން ރަޝިއާ އާއި ޔުކްރޭން ވަނީ ގޮވާން އެކްސްޕޯޓް ކުރަން އެއްބަސްވެފަ އެވެ.ގޮވާން ހިފައިގެން ކަޅުކަނޑަށް ނުކުންނަ ބޯޓުފަހަރަށް ހަމަލާ ނުދޭން މިހާރު ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.