ޕްރައިމަރީގެ މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާގައި ފަށަނީ

ކޯޓަށް ހުށަހެޅި ތިން މައްސަލައިގައި ވެސް އެއް ކަންތައްތަކެއް ފާހަގަކޮށްފައި ވާތީ، ކޯޓުން ބަލައިގެންފައި ވަނީ އަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެއް އެކަންޏެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހު ވޯޓު ލައްވަނީ: ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ވަނީ ސިވިލް ކޯޓުން ބަލައިގެންފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ޕްރައިމަރީ ބާއްވަން އަމުުރު ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ، އަންނަ ހަފުތާއަށް ތާވަލަށް ލައިފި އެވެ. 

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ 10:00 އަށެވެ.

މި މައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް މުހައްމަދު ނަޝީދާއެކު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. 

ކޯޓަށް ހުށަހެޅި ތިން މައްސަލައިގައި ވެސް އެއް ކަންތައްތަކެއް ފާހަގަކޮށްފައި ވާތީ، ކޯޓުން ބަލައިގެންފައި ވަނީ އަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެއް އެކަންޏެވެ. އަނެއް ދެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. 

ހުރިހާ މައްސަލައެއްގައި ވެސް އެދިފައި ވަނީ ތިން އަމުރެއް ނެރެދިނުމަށެވެ.

  •  އެމްޑީޕީގެ އެތެރޭގެ ދަފްތަރުން 39،000 މެންބަރުން އުނިކުރި ކުރުން އެއީ ބާތިލު ކޮށްދޭން
  •  އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކޮށްދިނުމަށް އެދި
  •  ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުން ހުއްޓުވުމަށް އެދި

މައްސަލައިގައި އެހެން އޮތް ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ އަރުވައިފަ އެވެ.

ވޯޓު ފޮށިތަކުގެ ނަތީޖާގައި ރައީސް ނަޝީދު ކުރީގައި އުޅުއްވާ ކަމަށް ވިދާޅުވެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ކުރައްވަން އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފަ އެވެ. 

ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 24،566 ވޯޓެވެ.

މި ޕްރައިމަރީން 24،000 ވޯޓް ރައީސް ސޯލިހަށް ލިބިފައިވާ ކަަމަށް ދެއްކި ނަމަވެސް އެއީ ކަށަވަރު ކުރަން ޖެހިފައިވާ އަދަދެއް ކަމަށް ނަޝީދު ވިދާޅުވެ އެވެ. އިންތިހާބުން ބަލިވެއްޖެ ކަމަށް ގަބޫލު ކުރެއްވި ނަމަވެސް ރައީސް ސޯލިހްގެ ފަހަތްޕުޅަށް އަރާ ވަޑައިގަތުމަށް ނަޝީދު ދެކޮޅު ހައްދަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.