އިޓަލީގެ ބޮޑުވަޒީރު ޔުކްރޭނަށް ވަޑައިގަންނަވަނީ

ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި މި މައްސަލައިން ފިތުނަ އުފެދި އާންމުންގެ ހިޔާލު ބައިބައި ވެފައި ވެއެވެ. އެކަމަކު މެލޯނީ އަކީ ޔޫކްރޭނަށް ތާއީދު ކުރައްވާ ރައީސް ޒެލެންސްކީގެ ވަރުގަދަ ސަޕޯޓަރެކެވެ.

ބޮޑުވަޒީރު ޖޯޖިއާ މެލޯނީ: ކިއެވްއަށް މިއަދު ވަޑައިގަންނަވާނެ

ރޯމް (ފެބްރުއަރީ 20) - ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރޭންގެ ރައީސް ލަޑީމިއާ ޒެލެންސްކީއާ ބައްދަލު ކުރައްވަން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ މިއަދު ކިއެވްއަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ތަފުސީލެއް އަދި ނެތެވެ. 

އެކަމަނާ އިޓަލީގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަތީ މިދިއަ އޮކްޓޯބަރު މަހު އެވެ. ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމާއެކު އެކަމަނާ ވަނީ ޔޫކްރޭނަށް ރަޝިޔާއިން އަރައިގަތް ތާރީހު ފެބްރުއަރީ 24 ގެ ކުރިޔަށް ކިއެވްއަށް ޒިޔާރަތް ކުރައްވަން ރާއްވަވާފަ އެވެ. 

ކަނާތުފިޔައިގެ ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި މި މައްސަލައިން ފިތުނަ އުފެދި އާންމުންގެ ހިޔާލު ބައިބައިވި ނަމަވެސް، މެލޯނީ ވެވަޑައިގެންފައި ވަނީ ޔޫކްރޭނަށް ތާއީދު ކުރައްވާ އަދި ރައީސް ޒެލެންސްކީގެ ވަރުގަދަ ސަޕޯޓަރެކެވެ.

މެލޯނީގެ ކޯލިޝަންގެ ބައެއްގެ ގޮތުގައި ހިމެނޭ ކަނާތު ފިޔައިގެ ޕާޓީ ފޯޒާ އިޓަލީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލޫސްކޯނީ މިދިޔަ ހަފްތާގައި ވިދާޅުވީ ޒެލެންސްކީ ޔުކްރޭނުގެ ސަރުކާރުގެ އިސްވެރިއަކަށް ހުންނެވިހާ ދުވަހަކު ބައްދަލު ނުކުރައްވާނެ ކަމަށާއި ސަބަބަބަކީ މިހާރު ހިނގާ ހަނގުރާމައިގެ އަސަލަކީ ޒެލެންސްކީ ކަމަށެވެ.

ޔޫރަޕިއަން ޕީޕަލްސް ޕާޓީ (އީޕީޕީ) އިން ހުކުރު ދުވަހު ބުނީ ޖޫން މަހު ނޭޕްލްސްގައި ބާއްވަން ރާވާފައިވާ އިވެންޓެއް ކެންސަލް ކުރީ ޔޫކްރޭނާ ބެހޭ ގޮތުން ބެރްލޫސްކޯނީ ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ.

ފޯޒާ އިޓަލީގެ އެއް ބާނީ ކަމަށްވާ އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ހޮނިހިރު ދުވަހު ވިދާޅުވީ ޖަރުމަނުގެ މިއުނިކްގައި ބޭއްވި ގްރޫޕް އޮފް 7 ގެ ބައްދަލުވުމުގެ ތެރެއިން ޔޫކްރޭންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާއާ ބައްދަލުކޮށް އިޓަލީގެ ތާއީދު ޔުކްރޭނަށް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވާނެ ކަމަށެވެ. -- ރޮއިޓާސް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.