އައްބާސް އާދިލް ރިޒާއަށް ދައުވާކޮށްފި

މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެކި ފަހަރު މުއްދަތު ޖެހުމަށްފަހު އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

އައްބާސް އާދިލް ރިޒާ: އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފައި

 އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފައި ވަނީ ޑިސެމްބަރު 22، 2022 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އައްބާސް އާދިލް ރިޒާ ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް އައްބާސް ހިތްވަރު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން ރާއްޖާގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ އޭނާ ޓްވީޓް ކޮށްފައިވާ ކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ. މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލީ؛

  •  ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ
  •  އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ

މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެކި ފަހަރު މުއްދަތު ޖެހުމަށްފަހު އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.