ޒިޔަދަމްގެ ހުރިހާ ވާރިސުން އެދުނީ މަރަށް މަރު ހިފަން

ޒިޔަދަމް މަރާލީ މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ދައުވާ ލިބޭ ދެ މީހުން އެތަނަށް ގޮސް، ތޫނު އެއްޗެހިން ޒިޔަދަމަށް ހަމަލާ ދީގެނެވެ.

މީގެ ހަތް އަހަރު ކުރިން މަރާލާފައިވާ ޒިޔަދަމް: އޭނާގެ ހުރިހާ ވާރިސުން އެދުނީ މަރަށް މަރު ހިފަން --

ލ. އަތޮޅު މުންޑޫގައި އެރަށު ނޫވިލު، އަލީ ޒިޔަދަމް މަރާލިކަން ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ ގިސޯސް -- މަރަށް މަރު -- ހިފުމަށް ހުރިހާ ވާރިސުން ވެސް އެދެފި އެވެ.

ޒިޔަދަމް މަރާލިކަން ސާބިތުވެފައި ވަނީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނުގެ މައްޗަށެވެ. އެރަށު ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށް ސާބިތުވެފައި ވަނީ ޒިޔަދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.

ޝަނޫންގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުވެފައިވާތީ މިއަދު ކްރިމިނަލް ކޯޓުން ވަނީ ދުނިޔޭގައި ތިބި ޒިޔަދަމްގެ ނުވަ ވާރިސުންގެ ބަސް ނަގައިފަ އެވެ. ޒިޔަދަމްގެ ބައްޕަ ހިމެނޭހެން ހުރިހާ ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.

މީގެ ހަތް އަހަރު ކުރިން ޒިޔަދަމް މަރާލި އިރު އޭނާގެ މަންމަ ދުނިޔޭގައި ހުއްޓެވެ. އެކަމަކު މަންމަ، މަރިޔަމް މޫސާ މިހާރު މަރުވެފައި ވާތީ އޭނާ ތަހުގީގަށް ދިން ބަޔާނަށް ރިއާޔަތް ކުރަން ކޯޓުން ނިންމާފައި ވެއެވެ. އެ ބަޔާނުގައި އޭނާ ވެސް އެދިފައި އޮތީ ގިސޯސް ހިފަން ބޭނުންވާ ކަމަށް އެދިފަ އެވެ.

ދެން އޮންނާނީ މި މައްސަލައިގައި އަދަބު ކަނޑައެޅުމާއި ހުކުމް އިއްވުމެވެ.

  •  ހުކުމް އިއްވާނީ އަންނަ އާދީއްތަ ދުވަހު
  •  ޝަނޫނަށް އުފުލި އިތުރު ދައުވާތަކެއްގެ ހުކުމް ވެސް އެދުވަހު

ޒިޔަދަމް މަރާލީ މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ދައުވާ ލިބޭ ދެ މީހުން އެތަނަށް ގޮސް، ތޫނު އެއްޗެހިން ޒިޔަދަމަށް ހަމަލާ ދީގެނެވެ. އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާ ދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާގެ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލީ އެވެ.

ޒިޔަދަމް މަރާލިކަމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ޝަނޫންގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެއީ ބިރު ދެއްކުމުގެ ދައުވާއަކާއި މާރާމާރީ ހިންގުމުގެ ދައުވާ އެކެވެ. މާރާމާރީ ހިންގުމުގެ ދައުވާ ކުރަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ވެސް ބުނެ އެވެ. ބިރު ދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.