ފުލުގައި އޮތް ސައުތެމްޓަން ޗެލްސީ ބަލިކޮށްފި

ޗެލްސީން މޮޅު އެތައް ކުޅުންތެރިންނަކާއެކު މޮޅަށް ކުޅެފައި ވި ނަމަވެސް އެ ޓީމަށް ވަނީ ގޯލު ޖެހުމުގެ މައްސަލަ ދިމާވެފަ އެވެ.

ޗެލްސީގެ ކޯޗް ގްރެހެމް ޕޮޓާ: ޓީމަށް ކާމިޔާބީއެއް ހޯދައި ނުދެވޭ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަން އަރާ 1-0 އިން ވަރުގަދަ ޗެލްސީ ބަލި ވެއްޖެ އެވެ. 

އަނެއްކޮޅުން މެންޗެސްޓާ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް 1-1 އިން އެއްވަރުވި އިރު އާސެނަލް އިއްޔެ ހަވީރު އެސްޓަންވިލާ 4-2 އިން ބަލިކޮށް އެއްވަނާގައި މަގާމު ދިފާއު ކޮށްފަ އެވެ.

މިހާރު ސިޓީ ލީގުގެ ދެވަނައިގައި އޮތީ 52 ޕޮއިންޓާ އެކު އެވެ. އާސެނަލް 54 ޕޮއިންޓާ އެކު އެއްވަނައިގަ އެވެ. އެ މީހުން އަތުގައި އެއް މެޗު އެބައޮތެވެ. އެހެން ކަމުން ރޭ ސިޓީއަށް ޕޮއިންޓަކުން ފުއްދާލެވޭ ގޮތް ވުމަކީ އާސެނަލަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ އެވެ.

ޗެލްސީ ރޭ އަމިއްލަ ދަނޑު ސްޓޭމްފޯޑް ބްރިޖްގައި 1-0 އިން ބަލި ވެގެން ދިޔައީ ލީގުގެ ފުލުގައި އޮތް އަދި ރަސްމީ ކޯޗަކު ވެސް ނެތް ސައުތެމްޓަން އަތުންނެވެ. ހިލޭ ޖެހުމެއްްގައި ސައުތެމްޓަން އަށް ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފްގެ ފަހުގައި ކެޕްޓަން ޖޭމްސް ވޯޑް ޕްރޯސް އެވެ. މި ނަތީޖާއާއެކު ޗެލްސީ އޮތީ ލީގުގެ 10 ވަނައިގަ އެވެ. ޗެލްސީއަށް އެންމެ ފަހުން ޕްރިމިއާ ލީގުގައި މޮޅެއް ވެފައި ވަނީ ކްރިސްޓަލް ޕެލެސް އަތުންނެވެ.

ޗެލްސީން މޮޅު އެތައް ކުޅުންތެރިންނަކާއެކު މޮޅަށް ކުޅެފައި ވި ނަމަވެސް އެ ޓީމަށް ވަނީ ގޯލު ޖެހުމުގެ މައްސަލަ ދިމާވެފަ އެވެ. އަދި ކޯޗް ގްރެހަމް ޕޮޓާއާއެކު ޗެލްސީއަށް ކާމިޔާބީ ނުހޯދި ދާ ދިއުމަށް ނިމުމެއ ނާތީ ވަނީ ފާޑުކިއުމާއެކު ޕްރެޝަރު ކުރިމަތިވެފަ އެވެ.

ރޭ އެވަޓަން އިން ވަނީ ލީޑްސް ޔުނައިޓެޑް 1-0 އިން ބަލިކޮށްފަ އެވެ. އަދި ކްރިސްޓަލް ޕެލެސް އާއި ބްރެންޓްފޯޑް 1-1 އިން އެއްވަރުވި އިރު ބޯންމަތް އިން ވަނީ 1-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. ފުލަމް އިން ވަނީ 1-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.