ޖޭޕީގެ ލީޑަރު ކަމަށް ގާސިމް އެކަނި، ވޯޓެއް ނެތި ހޮވިއްޖެ

މި ނިމެނީ ގާސިމްގެ ތިންވަނަ ދައުރެވެ. ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހިމެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް މިހާތަނަށް އެ މަގާމުގައި ހުންްނެވި ގާސިމް އިބްރާހިމް އެކަނި ކުރިމަތިލެއްވުމުން ވޯޓެއް ނެތި އިންތިހާބު ވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް ގާސިމް ކުރިމަތިލެއްވިއިރު އެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތި ނުލައްވައެވެ. އެހެން ކަމުން ވޯޓެއް ނެތި އެމަނިކުފާނު ވަނީ އިންތިހާބުވެފައެވެ. ކޮންގްރެސްގައި އެކަމަށް ދެން ގޮތް ނިންމުން ނޯންނާނެ އެވެ.

ގާސިމް ކުރިމަތި ލެއްވުމުން ލީޑަރުގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވާނެކަން ކުރީން ވެސް އޮތީ ބެލެވިފައެވެ. މި ނިމެނީ ގާސިމްގެ ތިންވަނަ ދައުރެވެ. ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހިމެވެ.

ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްް ވަނީ ވާދަ ކުރައްވާފަ އެވެ. އަދި 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ހަތަރު ވަނަަ އެވެ. ފަހުން 2013 ވަނަ އަހަރު ތިން ވަނަ އެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަށް ވާދަވެރި ކަމެއް ނެތަސް ޑެޕިއުޓީ ލީޑަރުގެ ހަތަރު މަގާމާއި ކައުންސިލަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. މިއީ އެ ޕާޓީގެ ތާރީހު ވެސް އެންމެ ވާދަވެރި ކޮންގްރެސް އެވެ. ޖުމްހޫރީ ޕާޓީ އުފެދުނީ އޮގަސްޓް 8، 2008 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.