ރައީސް ސޯލިހް ނޫން ގޮތެއް ހޯދާނަން: މެންބަރު ޝިޔާން

ޝިޔާންއަކީ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރެކެވެ. ނަޝީދަށް ވަރަށް ބޮޑަަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.

ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން (ގިޓާ)

ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯއްދަވާނެ ކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެ އެވެ.

މެންބަރު ޝިޔާން މިހެން ވިދާޅުވީ މުޅި ރާއްޖެ ތަމްސީލުވާނެ ހެން އެމްޑީޕީގެ މަންދޫބުން ބައިވެރިވެގެން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމާއި ގުޅިގެންނެވެ.

"އެމްޑީޕީއަށް ދެވަނަ ދައުރެއް" މިހެން ޖެެއްސެވުމަށް ފަހު ރައީސަށް އެރުވި ރިޔާސީ ޓިކެޓްގެ ފޮޓޯއެއް ހިމަނުއްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ "ޒަމާނަކުން އައި ޒަމާނެކޭ މިއީ" ލިޔުއްވާ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓަށް ރައްދު ދެއްވަމުން ޝިޔާން ވަނީ ރިޔާސީ އިންތިހާބަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

"ސޯލިހް ނޫން ގޮތެއް 2023 ގެ ރިޔާސީ އިންތިހާބުގައި ހޯދާނަން،" ޝިޔާން ވިދާޅުވި އެވެ.

ޝިޔާންއަކީ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރެކެވެ. ނަޝީދަށް ވަރަށް ބޮޑަަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުން

އެތައް ސަތޭކަ ބަޔަކު ބައިވެރިވި ރޭގެ ޖަލްސާގައި އެންމެ ބޮޑަށް ފާހަގަވީވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރި މެންބަރުންގެ ބައިވެރިވުން ނެތުމެވެ. ރޭގެ ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެ ޕާޓީގެ މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރޭ އަރުވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ޕްރައިމަރީ ބާއްވަން އަމުުރުކޮށްދޭން އެދި މައްސަލަތަކެއް ސިވިލް ކޯޓަށް ވައްދައިފައި ވަނިކޮށެވެ.

މި މައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް ނަޝީދާއެކު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުންނާއި އެމްޑީޕީގެ ކުރީގެ / މިހާރުގެ ވެސް ބައެއް އިސް ބޭފުޅުން ހިމެނެއެވެ.

ހުރިހާ މައްސަލައެއްގައިވެސް އެދިފައިވަނީ ތިން އަމުރެއް ނެރެދިނުމަށެވެ. އެއީ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ އެތެރޭގެ ދަފްތަރުން 39،000 މެންބަރުން އުނިކުރި ކުރުން އެއީ ބާތިލު ކަމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށާއި މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކޮށް ދިނުމަށާއި ހުކުރު ދުވަހު ރޭ ބޭއްވުމަަށް ހަމަޖެހިފައިވާ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުން ހުއްޓުވައި ދިނުމަަށެވެ.

ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް ހައްދަވަން ފައްޓަވާ ވަކި ފެކްޝަނެެއް ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. އެ ހަރަކާތަށް ބައި ލައްކަ ސޮއި ހަމަކޮށް ރިޔާސީ ކެންޑިޑޭޓަކު ނެެރުމާމެދު ގޮތް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.