ސިމްޑީ ރޯދަ ޕްރޮމޯޝަން: ހަދިޔާ އާއި އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

މޯބައިލް އެޕްލިކޭޝަނުން ހަދިޔާކުރަން ބޭނުންވާ ޕެކޭޖް އިހްތިޔާރު ކުރުމަށްފަހު، ފޮނުވަންވީ އެޑްރެސް ހިޔާރު ކުރުމުން ސިމްޑީން އެ ތަނަކަށް ހަދިޔާ ފޯރުކޮށްދޭނެއެވެ.

ސިމްޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ޖެނެރަލް މެނޭޖަރު ޔޫޝައު ހަސަން (ވ) އަދި ޕީއާރު މެނޭޖަރު އިބްރާހީމް ހަމީޝް

ރޯދަ ހަދިޔާ ފޮނުވުމާއި، އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ލަކީޑްރޯއެއްގެ ފުރުސަތާއެކު، ރާއްޖޭގައި ވިޔަފާރިގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ސިމްޑީގެ ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފިއެވެ.

އެ ޕްރޮމޯޝަން ފެށުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޔޫޝައު ހަސަން ވިދާޅުވީ މާދަމާއިން ފެށިގެން، އަންނަ މޭ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، އެ ކުންފުނީގެ ތިން ޑިވިޝަނެއް ގުޅިގެން ބައިވެރިވާނެ ކަމަށެވެ. މިއީ އެފަދައިން ބޭއްވޭ ފުރަތަމަ ޕްރޮމޯޝަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާ ޑިވިޝަންތައް

  •  އާންމު ވިޔަފާރިއަށް ހާއްސަ ސިމްޑީ ސީޕީޑީ
  •  ރިސޯޓް ސަޕްލައިއަށް ހާއްސަ ސިމްޑީ ރެސިއު
  •  ކެނޯންގެ އުފެއްދުންތައް ވިއްކާ ސިމްޑީ ޓެކް

މި ޕްރޮމޯޝަނުގެ ދަށުން މައިގަނޑު ދެކަމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރިކުރާ މީހުންގެ މެދުގައި ނެގޭ ލަކީޑްރޯ އަކާއި، މޯބައިލް އެޕް މެދުވެރިކޮށް ބޭނުން މީހަކަށް ރޯދަ ހަދިޔާ ފޮނުވުމެވެ.

ސިމްޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ޖެނެރަލް މެނޭޖަރު ޔޫޝައު ހަސަން (ވ) އަދި ޕީއާރު މެނޭޖަރު އިބްރާހީމް ހަމީޝް

އެއް ލައްކަ ރުފިޔާގެ ލަކީޑްރޯ

ސިމްޑީގެ ފިހާރަޔަކުން ނުވަތަ އޮންލައިން އެޕް މެދުވެރިކޮށް 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުން މި ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. 

  •  އެއްވަނަ އަށް -- 100،000 ރުފިޔާގެ ފައިސާގެ އިނާމު
  •  ދެވަނަ އަށް -- 50،000 ރުފިޔާގެ ފައިސާގެ އިނާމު
  •  ތިންވަނަ އަށް -- 25،000 ރުފިޔާގެ އަގުހުރި ގޭތެރޭ ހިފާގެންގުޅޭ ސާމާނުގެ ޕެކޭޖެއް
  •  ކޮންމެ ހަފްތާއެއްގެ އާދީއްތަދުވަހު ހޮވާ ނަސީބުވެރިޔަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރެއް

ރޯދަ ހަދިޔާ ފޮނުވުން

މި ފުރުސަތު ހުޅުވާލާފައި ވަނީ އެޕް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު ޑައުންލޯޑުކުރެވޭ ސިމްޑީ މޯބައިލް އެޕް މެދުވެރިކޮށެވެ. މިގޮތަށް ހަދިޔާ ކުރުމަށް 500 ރުފިޔާއިން ފެށިގެން 2000 ރުފިޔާ އާ ދެމެދުގެ ގިފްޓް ޕެކްތައް ވަނީ ސިމްޑީން ތައްޔާރުކޮށްފައެވެ. މި ޕެކޭޖުތަކުގައި ހިމެނޭނީ ރޯދަމަހު ކޮންމެ ގެއަކުން ވެސް ބޭނުންކުރާނެ އަސާސީ ބާވަތްތަކެކެވެ. 

މޯބައިލް އެޕްލިކޭޝަނުން ހަދިޔާކުރަން ބޭނުންވާ ޕެކޭޖް އިހްތިޔާރު ކުރުމަށްފަހު، ފޮނުވަންވީ އެޑްރެސް ހިޔާރު ކުރުމުން ސިމްޑީން އެ ތަނަކަށް ހަދިޔާ ފޯރުކޮށްދޭނެއެވެ. މާލެ ސަރަހައްދުގެ ގޭގޭގެ އިތުރުން، ރަށްރަށުގެ ބޯޓުފަހަރަށް ވެސް އެ ކުންފުނީގެ ޑެލިވަރީ ޚިދުމަތްވަނީ ފުޅާކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.