މެންޔޫ ގަންނަން ގަތަރުގެ ޖާސިމާއި ބިލިއަނަރު ރެޓްކްލިފް

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ވެރިންނަކީ އެމެރިކާގެ ގްލޭޒާ އާއިލާ އެވެ. އެ މީހުން ޔުނައިޓެޑް ގަތީ 2005 ވަަނަ އަހަރު އެވެ.

ނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ކާމިޔާބު ބޮޑު ތާރީހެއް އޮތް މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ މަހުޖަނަކާއި އިނގިރާސި ބިލިއަނަރަކު ބިޑް ކޮށްފި އެވެ. 

ގަތަރުން ބިޑް ކުރީ ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުން ޝައިހް ޖާސިމް ބިން ހަމަދް އަލްސާނީ އެވެ. 

އެމެރިކާގެ ގްލޭޒާ އާއިލާގެ އަތުން މެންޔޫ ގަންނަން ބޭނުންވެފައިވާ ޖާސިމް އަކީ ގަތަރުގެ އިސްލާމިކް ބޭންކުގެ ޗެއާމަނެވެ. އެއީ މުޅި ގަތަރުގައި ވެސް އެންމެ ބޮޑު ބޭންކެވެ. އެކަމަކު މެންޔޫއަށް ބިޑްކޮށްފައި ވަނީ އޭނާ "ނައިން ޓޫ" ފައުންޑޭޝަނުން ކޮންސޯޓިއަމެ ހަދައިގެނެވެ. 

ޝައިހް ޖާސިމް ބިން ހަމަދް އަލްސާނީ


މެންޔޫ ގަންނަން އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފް ވެސް ވަނީ ބިޑްކޮށްފަ އެވެ. ރެޓްކްލިފަކީ ފްރާންސް ނީސްގެ ވެސް ވެރިޔާ އެވެ. 

މީގެ ކުރީން ރެޓްކްލިފް ވަނީ މީގެކުރިން ޗެލްސީ ގަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އަދި އޭނާ އަކީ ޗެލްސީގެ ސަޕޯޓަރެކެވެ. އޭނާ މެންޔޫ ގަންނަން އޭނާ ހުށަހެޅީ އޭނާގެ އިނިއޯސް ގުރޫޕް މެދުވެރިކޮށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.