އަނެއްކާވެސް ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި

ޖޭޕީގައި މިހާރު މި ނިމެނީ ގާސިމްގެ ތިންވަނަ ދައުރެވެ. ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނަވަނީ ގާސިމް އިބްރާހިމެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް މިހާތަނަށް އެ މަގާމުގައި ހުންްނެވި ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް ގާސިމް މިއަދު ވަނީ ކުރިމަތިލައްވާފަ އެވެ.

އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާނެ ކަމަކަށް ނުބެލެވެ އެވެ. މި ނިމެނީ ގާސިމްގެ ތިންވަނަ ދައުރެވެ. ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހިމެވެ.

ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްް ވަނީ ވާދަ ކުރައްވާފަ އެވެ. އަދި 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ހަތަރު ވަނަަ އެވެ. ފަހުން 2013 ވަނަ އަހަރު ތިން ވަނަ އެވެ.

ގާސިމް އާ ދައުރަކަަށް އިންތިހާބު ކުރުމާ މެދު ގޮތް ނިންމާނީ މި މަހުގެ 24، 25 ގައި އޮންނަ އެ ޕާޓީގެ ކޮންގްރެސް ގައެވެ.

ޖޭޕީގެ ލީޑަރުގެ މަގާމަށް ވާދަވެރި ކަމެއް ނެތަސް ޑެޕިއުޓީ ލީޑަރުގެ ހަތަރު މަގާމާއި ކައުންސިލަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. މިއީ އެ ޕާޓީގެ ތާރީހު ވެސް އެންމެ ވާދަވެރި ކޮންގްރެސް އެވެ. ޖުމްހޫރީ ޕާޓީ އުފެދުނީ އޮގަސްޓް 8، 2008 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.