ލިބުނު އަނިޔާތައް އެމްޑީޕީގެ ބައެއް މެންބަރުންގެ ހަނދާނުގައި މިއަދު ނެތް: ފައްޔާޒް

ފައްޔާޒް ތަކުރާރުކޮށް ވިދާޅުވީ އަނިޔާވެރި ދުވަސްތައް ދެން ދެކެން އެއްވެސް މެންބަރަކު ބޭނުން ނުވާނެ ކަަމަށެވެ. އަދި ބަލަބަލާ ތިބި އަނިޔާވެރީންނަށް އެ ފުރުސަތު ފަހިވާނެ ގޮތަކަށް އަމަލު ނުުކުރެއްވުމަށް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް: އަނިޔާވެރި ކަމުގެ ހަނދާތައް ބަޔަކަށް ނެތިފައިވާ ކަމަށް ވިދާޅުވި

ކުރީން ލިބުނު ބޮޑެތި އަނިޔާތައް އެމްޑީޕީގެ ބައެއް މެންބަރުންގެ ހަނދާނުގައި މިއަދު ނެތް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގައި ހަރަކާތްތެރިވާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.

ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވަނީ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެމްޑީޕީ އުފެއްދި ހަގީގީ މަގުސަދު ހަނދާންކޮށް ދެއްވާ އެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވިއެވެ.

ފައްޔާޒް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ޒަމާނުއްސުރެން އަށަގަނެފައި އޮތް އަނިޔާވެރިކަން ނައްތާލުމަށް އެމްޑީޕީން ކުރި މަސައްކަތުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަނިޔާވެރިން މިއަދު ވެސް ތިބީ ފުރުސަތަކަށް ބަލަބަލާ ކަމަށް ވިދާޅުވެ ދާދި ފަހުން ލިބުނު އަނިޔާތައްވެސް މިހާރު ބައެއް މީހުންގެ ނެތް ކަމަށް ވިދާޅުވިއެވެ. އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކުވެސް އެ ހާލަތު [ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން] ހަނދާން ނެތި މިއަދު ތިބިކަން،"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް: އަނިޔާވެރި ކަމުގެ ހަނދާތައް ބަޔަކަށް ނެތިފައިވާ ކަމަށް ވިދާޅުވި

ފައްޔާޒް އެ އިޝާރާތް ކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ކަަމަށް ބެލެވެއެވެ. އެއީ އެމްޑީޕީން ނިންމާފައިވާ ގޮތަށް އެކުގައި ކުރިއަށް ނުގޮސްފިނަމަ ވެރިކަން ގެއްލުމުގެ ބިރު އޮތުމުން ވިދާޅުވި ވާހަކަފުޅެއް ކަމަށްވެސް ބެލެވެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު މިހާރު ވަނީ އެމަނިކުފާނުގެ ފެކްޝަން ރަަސްމީ ކުރައްވާ "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތްތެރިވާންް ފަށާފައެވެ. އެ ހަރަކާތަށް ބައިލައްކަ ސޮއި ހަމަކޮށް ކެންޑިޑޭޓަކު ނެރުމާމެދު ގޮތް ނިންމަވާނެ ކަަމަށްވެސް ވަނީ ވިދާޅުވެފައެވެ. "ފިކުރެއްގެ ދިރުން" ހަރަކާތަށް ބައިލައްކަ ސޮއި ލިބިއްޖެ ކަަމަށް މިހާރު ވަނީ އިއުލާނުވެސް ކޮށްފައެވެ.

އެހެން ކަމުން ރައީސް ނަޝީދުގެ އެހީތެރިކަން ނުލިބި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ރައީސް ސޯލިހަށް އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުން

ފައްޔާޒް ތަކުރާރުކޮށް ވިދާޅުވީ އަނިޔާވެރި ދުވަސްތައް ދެން ދެކެން އެއްވެސް މެންބަރަކު ބޭނުން ނުވާނެ ކަަމަށެވެ. އަދި ބަލަބަލާ ތިބި އަނިޔާވެރީންނަށް އެ ފުރުސަތު ފަހިވާނެ ގޮތަކަށް އަމަލު ނުުކުރެއްވުމަށް އެދިވަޑައިގަތެވެ.

އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ފެށި މަސައްކަތް ކާމިޔާބުވެ 2008 ވަނަ އަހަރު ވެރިކަން ލިބުނު ނަމަވެސް އެކަން އެގޮތުގައި ދެމެހެއްޓުމަށް ކުރިމަތިވި ގޮންޖެހުމަކީ ކުރީގެ އަނިޔާވެރިކަން ގަދަވެފައި އޮތް މިންވަރު ކަމަށް ވިދާޅުވިއެވެ. އަދި 2018 ގައި ލިބުނު ފުރުސަތު ގެއްލުވާ ނުލާ އެންމެ އެކުގައި ނިކުމެ 2023 ގެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ފައްޔާޒް ގޮވާލެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.