ރައީސް މިރޭވެސް ވިދާޅުވީ އިންތިހާބު ކާމިިޔާބު ކުރާނީ އެއްބުރުން ކަމަށް

ރައީސް ސޯލިހް މިހެން ވިދާޅުވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އެމަނިކުފާނަށް ވަރަށް ގޮންޖެހުން ބޮޑު އިންތިހާބަކަށް ވާނެ އެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވަނީ

ދެ ފެކްޝަނަށް ބައިވެފައި އޮތް ސަރުކާރު ހިންގާ މައި ޕާޓީގެ އެއްބައިވަންތަ ކަަމަށް ގޮވާލައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަނަވަރީ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޕްރައިމަރީގެ ކެމްޕެއިންގައިވެސް ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވިއެވެ.

މިރޭވެސް އެމަނިކުފާނު ވަނީ އެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ. އެކަމަށްޓަކައި ޕާޓީ އެއްބައިވަންތަ ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ މެންބަރުންނަށް ދައުވަތު ދެއްވިއެވެ.

"މިކަމަށް [އެމްޑީޕީގެ އަމާޒު ހާސިލު ކުރުމަށް] ޓަކައި އެމްޑީޕީ ކުރިއަށް ދެން އަޅަން އޮތީ އެންމެ ފިޔަވަޅެއް. މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން. މުޅި އެމްޑީޕީއަށާއި، މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެންބަރުންނަށް މި ދައުވަތު އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުން

ރައީސް މިރޭވެސް ވިދާޅުވީ އެ މަނިކުފާނު ކުރައްވާ މަސައްކަތަކީ އެމްޑީޕީގެ އާންމު މެންބަރުންނަށް ވެރިކަން ހޯދައިދެއްވުން ކަމަށެވެ.

"އަޅުގަނޑު ކުރިއަށް ދާނީ ތިޔަ ބޭފުޅުންގެ ނިންމުމާ އެއްގޮތަށް، ތިޔަ ބޭފުޅުންގެ ނިންމުމާ ވެސް އެއްގޮތަށް، ތަފާތުކުރުމެއް ނެތި މުޅި ރާއްޖެއަށް ހެވާ ލާބަ ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުން

ރައީސް ސޯލިހް މިހެން ވިދާޅުވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އެމަނިކުފާނަށް ވަރަށް ގޮންޖެހުން ބޮޑު އިންތިހާބަކަށް ވާނެ އެވެ. އެމްޑީޕީގެ އެންމެ މުހިންމު އެއް އިވެންޓަކީ މިރޭ ބޭއްވި ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ އެވެ.

މި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް މުހައްމަދު ޝިފާޒާއި ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި ނަޝީދާއެކު ތިއްބެވި މަޖިލީހުގެ ބާރަ، ތޭރަ މެންބަރުންނާއި އާންމު މެންބަރުންވެެސް ބައިވެރިއެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ

އަދި އެމަނިކުފާނު މިހާރު ވަނީ އެމަނިކުފާނުގެ ފެކްޝަން ރަަސްމީ ކުރައްވާ "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތްތެރިވާންް ފަށާފައެވެ. އެ ހަރަކާތަށް ބައިލައްކަ ސޮއި ހަމަކޮށް ކެންޑިޑޭޓަކު ނެރުމާމެދު ގޮތް ނިންމަވާނެ ކަަމަށްވެސް ވަނީ ވިދާޅުވެފައެވެ. "ފިކުރެއްގެ ދިރުން" ހަރަކާތަށް ބައިލައްކަ ސޮއި ލިބިއްޖެ ކަަމަށް މިހާރު ވަނީ އިއުލާނުވެސް ކޮށްފައެވެ.

އެހެން ކަމުން ރައީސް ނަޝީދުގެ އެހީތެރިކަން ނުލިބި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަކީ ރައީސް ސޯލިހަށް އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ކޮމެންޓް

1
450
ހިނގާދަމާ
1 year ago

ހިނގާ މަމެންނާއި އެކު ދާން ނުވާނަމޭ ވަރުބަލި މަމެން ދޫދޭނީ މިރާއްޖޭގެ ވެރިކަމަށް ވަތަން އެދޭ ވެރިއެއް ކަމަށްވާ ގާސިމް އިބްރާހިމް ހޮވާފައޭ ހިނގާ ނަގަން ބުންވަރު މިކަން ކުރަން ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާންގެ ދެއްވާންދޭންވެ އެއިރުން ރާއްޖޭގެ މާލީ ވަޒީރު ކަން ކުރާނީ ކެނެރީގެ ނަޝީދޭ ހައުސިންގް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީ އުވާލާ އެތަން ހިނގާނީ ފިނޭންސް ދަށުންނޭ ހިނގާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.