ނާޒިމްގެ ބައްދަލްވުމެއް ސަލަފް ޖަމިއްޔާއާއެކު

ސަލަފް ޖަމިއްޔާއަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީން ހިމެނޭ ދީނީ ހަރަކާތްތައް އެންމެ ފުޅާކޮށް ހިންގާ ޖަމިއްޔާ އެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައި އެ ޖަމިއްޔާގެ ތާއީދު ހޯދަން ކެންޑިޑޭޓުން މަސައްކަތް ކުރެއެވެ.

ނާޒިމް، ޖަމިއްޔަތުއް ސަލަފުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލު ކުރެއްވުން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، ޖަމިއްޔަތުއް ސަލަފުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލު ކުރައްވައިފި އެވެ. 

މި ބައްދަލްވުން އޮތީ ޖަމިއްޔަތުއް ސަލަފުގެ އޮފީހުގަައެވެ. ބައްދަލްވުމުގެ ތަފްސީލެއް އެމްއެންޕީން އަދި ސަލަފުންވެސް ނުދެއެވެ.

މި ބައްދަލްވުމުގައި ނާޒިމްގެ އިތުރުން އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ސަލަފްގެ ފަރާތުން ތިއްބެވީ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އާއި ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އަދި ޑރ. އަލީ ޒާހިރު ބިން ސައީދު އެވެ.

ސަލަފް ޖަމިއްޔާއަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީން ހިމެނޭ ދީނީ ހަރަކާތްތައް އެންމެ ފުޅާކޮށް ހިންގާ ޖަމިއްޔާ އެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައި އެ ޖަމިއްޔާގެ ތާއީދު ހޯދަން ކެންޑިޑޭޓުން މަސައްކަތް ކުރެއެވެ.

ނާޒިމް، ޖަމިއްޔަތުއް ސަލަފުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލު ކުރެއްވުން

ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރެވުނު އެމްއެންޕީން ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ނާޒިމް އެކަންޏެވެ. އެމްއެންޕީގެ ޓިކެޓް ލިބިވަޑައިގަތުން ފަހަތަށް ޖެހިވަޑައިނުގެން އެހެން ކެންޑިޑޭޓުންނާއި ވާދަކުރައްވާނެ ކަމަށް ނާޒިމް ގެންދަވަނީ ވިދާޅުވަމުންނެވެ.

"އެއްވެސް ބޭފުޅެއްގެ ހިތުގައި ޝައްކު ކަމެއް ބާއްވާނެ ކަމެއް ނެތް. މި ޕާޓީގެ މެންބަރުން ކުރިއަށް އޮތް ދެތީން މަސް ދުވަހުގެ ތެރޭގައި ބާއްވާ ޕްރައިމަރީން އަޅުގަނޑަށް އެ ޓިކެޓް [އެމްއެންޕީގެ ރިޔާސީ ޓިކެޓް] ދީފިނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން 2023 ކަރުދާސްކޮޅުގައި އޮންނާނެ. ޝައްކު ނުކުރައްވާ އެކަމަށް އިނގޭތޯ،" ނާޒިމް ކުރީން ވިދާޅުވި އެވެ.

ކޮމެންޓް

1
450
އިނާޔާ
1 year ago

ސަލަފުން ނާޒިމަށް ތާއީދު ދެއްވީތޯ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.