ބައިބަލް ތަރުޖަމާއެއްގެ ލިންކުޖެހި ކާޑުތަކެއް މަގުތަކަށް އަޅައިފި

ރާއްޖޭގައި ނަސޯރާ ދީން ފެތުރުމަށް މިޝަނަރީތަކުން އަންނަނީ ވަރަށް ކުރީއްސުރެ ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހުޅުމާލޭ މަގުމަތީ ހުރި ކާޑުތަކުގެ ތެރެއިން ކާޑެއް ލިންކާއި ކިއުއާރު ކޯޑު ސެންސަރު ކޮށްފައި.

ހުޅުމާލޭ މަގުމައްޗަށް ބައިބަލްގެ ދިވެހި ތަރުޖަމާގެ ލިންކުޖެހި ކާޑުތަކެއް އަޅައިފި އެވެ.

މި ކާޑުތައް ފެނުނު ބައެއް މީހުން ވަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މަގުމައްޗަށް އަޅާފައިވާ ކާޑުތަކުގައި ސްކޭންކުރެވޭ ދެ ކިއުއާރު ކޯޑަކާއި، ވެބްސައިޓް އެޑްރެހެއް ޖަހާފައި ހުރެއެވެ. މި ލިންކުތައް ރީ ޑައިރެކްޓް ވަނީ ދިވެހިންނަށް އަމާޒުކޮށް، ނަސޯރާ ދީން ފެތުރުމަށް ބޭނުންކުރާ ވެބްސައިޓަކަށެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.

ރާއްޖޭގައި ނަސޯރާ ދީން ފެތުރުމަށް މިޝަނަރީތަކުން އަންނަނީ ވަރަށް ކުރީއްސުރެ ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބައިބަލްގެ ދިވެހި ތަރުޖަމާއާއި، ނަސޯރާ ދީން ޕްރޮމޯޓް ކުރާ ލީފްލެޓުތަކާއި ފޮތްތައް ފަދަ ތަކެތި އެކި ގޮތްގޮތުން ބެހުން ހިމެނެ އެވެ. މީގެ އިތުރުން ނަސޯރާ ދީން ފެތުރުމަށް ވީޑިއޯއާއި، އޯޑިއޯ ދިވެހި ބަހުން ތައްޔާރު ކޮށްފައި ވެސް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.