ކުރިއަށް މިއޮތް މަސްތަކުގައި ދެން ފެންނާނީ ދުވަހަކަށް ވުރެ ދުވަހެއް މަކުނު ވިދުރީގެ އަޑު ގަދަވާ ތަނެވެ. މީޑިއާއިން "ބިރުވެރި" ޙަބަރު ތައް ފެންނާނެއެވެ. އެންމެން ބިރުން މަކުނު-ވެކްސިން ޖަހަން ދުއްވައިގަންނާނެއެވެ. ކޮވިޑުން ރައްކާތެރިވާން މާސްކް އަޅަން މަޖުބޫރު ކުރި ގޮތަށް ފިރިހެންނުނަށް "ހުރަސް" ބޭނުންކުރުން މަޖުބޫރު ކުރުވާނެއެވެ.
ކޮވިޑްގެ ނަމުގައި މުޅި އިންސާނިއްޔަތު ވާވައްދައިގެން އުޅުނު ޑަބްލިއު.އެޗް.އޯ އިން މިފަހަރު ކުޅޭ ކުޅިވަރުގެ ނަމަކީ މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރި އެވެ. ދުނިޔޭގެ 75 ޤައުމަކުން ސަތާރަ ހާސް ވަރަކަށް މީހުންނަށް މަކުނު ވިދުރި ޖެހުނު އިރު ގާތްގަނޑަކަށް މިހުރިހާ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނެވެ. މާނައަކީ، ބަލި ޖެހުނު މީހުންގެ ސަތޭކައަކުން 98 މީހުންނަކީ ދިވެހިން މަޒާޖީ ގޮތުން ކިޔައި އުޅޭ "މަކުނު ކުޅީގެ" މީހުންނެވެ! މިބަލި ފެތުރުމުން ބުއްދިއެއް ހުރި ކޮންމެ މީހަކުވެސް ވިސްނާނީ އެއް ޖިންސުން ގުޅުން ހިންގުން ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް ކާފަރުންގެ ވިސްނުމަށް ބައްޓަންވެފައިވާ މިޒަމާނުގެ ދުނިޔޭގައި އެއްޖިންސުން ގުޅުން ހިންގުމަކީ ވެސް އިންސާނީ ހައްޤެކެވެ. އެހެން ކަމުން މިކުޅިވަރު ކުޅޭ މީހުންނާ ދެކޮޅަށް އެއްޗެކޭ ބުނުން މަނާ ވާނެއެވެ. އެމީހުންގެ ނަޒަރުގައި އެކުޅިވަރު ހުއްޓާކަށް ވެސް ނުޖެހެއެވެ. އެމީހުން ކުޅޭ ކުޅިވަރެއްގެ ސަބަބުން ފެތުރޭ ބަލިމަޑުކަމަކުން ސަލާމަތް ވުމުގެ ގޮތުން ދެން ކުރަން މިއުޅޭ ކަމަކީ މުޅި ދުނިޔެ ލޮކްޑައުން ކުރުމެވެ. އަނެއްކާ އަނެއް ކޮވިޑެވެ!
23 ޖުލައިވީ އާދީއްތަ ދުވަހު ޑަބްލިއު.އެޗް.އޯ އިން ވަނީ މުޅި ދުނިޔޭގައި ސިއްޙީ ކުއްލި ނުރައްކާ އިއުލާން ކޮށްފައެވެ. ދެން އެންމެ އަވަހަށް އަޑު އިވޭނީ ދުނިޔެ ލޮކްޑައުން ކޮށް، ބޯޑަރުތައް ބަންދު ކޮށް، މަކުނު ވިދުރިއަށް ކޮންމެވެސް ވެކްސިނެއް އުފެއްދި ވާހަކައެވެ. އެއާއި އެކު މަކުނު ވިދުރީގެ ވެކްސިން ނުޖަހާ މީހުންނަށް ބޯޑަރުތައް ހުރަސް ކޮށް އެއް ޤައުމުން އަނެއް ޤައުމަށް ނުދެވޭ ގޮތް ހަދާނެ އެވެ. ވެކްސިން އުފައްދާ ބޮޑެތި ކުންފުނިތަކަށް ބިލިއަނުން ފައިދާ ވާނެއެވެ. ކޮރަޕްޓް ސަރުކާރުތަކަށް ވަގަށް ބިލިއަނުން ލާރިކާން ފުރުސަތު ހުޅުވިގެން ދާނެއެވެ.
ކޮވިޑް ބައްޔާއި ގުޅިގެން މިކުޑަ ކުޑަ ދިވެހި ރާއްޖެއިން ވެސް ހަތަރު ވަރަކަށް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ބޭކާރު ކޮށް، ދެއަހަރަށް ވުރެ ގިނަ ދުވަހު ރައްޔިތުން ތަޅު އަޅުވައިގެން، ގޭތެރޭގައި ބަންދު ކޮށްގެން، ގެންގުޅުނެވެ. ވެންޓިލޭޓަރު ކޮރަޕްޝަން ފަދަ އެތައް ކޮރަޕްޝަނެއް ހިންގި އެވެ. ސަރުކާރުގެ މިނިސްޓަރުންނާއި އެތައް މުއައްޒަފުންނެއް ގެސްޓަ ހައުސް ކުޔަށް ހިފައިގެން އެތަންތާގައި ކޮޥިޑް އިމަޖެންސީ ހަރަކާތުގެ ނަމުގައި ފާޙިޝް އަމަލު ހިންގައި ކޮރަޕްޝަން ހިންގައި އެތައް ޖަރީމައެއް ހިންގިއެވެ. ބަލީގައި މަރުވީ ދެއަހަރުތެރޭ އާއްމު ގޮތެއްގައި ވެސް މަރުވާ މީހުނަށް ވުރެ މަދު އަދަދެއްގެ މީހުންނެވެ. ގިނައިން މަރުވީ 65 އަހަރުން މަތީގެ ނުވަތަ 85 އަހަރުން މަތީގެ މީހުންނެވެ. މިއީ ޤައުމެއްގެ ބަޖެޓް ދޮވެލައި، ކުދި ވިޔަފާރިތައް ބަނގުރޫޓް ކޮށް، މުޅި ޤައުމު ބޮޑު އަނދަވަޅަކަށް ވައްޓާލަން ޖެހޭ ވަރުގެ ކުއްލި ނުރައްކަލެއް ނޫނެވެ. މިއީ ބަހަނާ އަކަށް ކޮވިޑް ދައްކައިގެން ޤައުމެއް ލޫޓުވާލުމެވެ. މުޅި އިންސާނިއްޔަތު ލޫޓުވާލުމެވެ.
މިހާރު އަނެއްކާ ވެސް މަކުނު ވިދުރީގެ ނަމުގައި ޤައުމުތަކާއި މުޅި ދުނިޔެ ބްލެކްމެއިލް ކޮށް، ބިރު ދައްކައި ލޫޓުވާލުމަށް މާސިންގާ ދޮރެއް އެހެރަގެން ހުޅުވެނީ އެވެ. ގިނަ ރައްޔިތުންނަށް މިކަން ރޭކާވެސް ނުލައެވެ. ރޭކާލައިގެން އެވާހަކަ ދައްކާ މީހުންނަކީ މޮޔައިން ކަމަށް ނުވަތަ ޖަރީމާ ހިންގާ ބައެއް ކަމަށް ވަނީ ހަދައިފައެވެ.
މިއީ މައިގަންޑު ގޮތެއްގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހުނީ މުޅި ދުނިޔޭގެ އެންމެ ސަތާރަ ވަރަކަށް ހާސް މީހުންނަށެވެ. މިއީ މުޅި ދުނިޔޭގައި ސިއްޙީ ކުއްލި ނުރައްކާ އިއުލާން ކޮށް މުޅި އިންސާނިއްޔަތު އެލާރޓަށް ގެންނަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ވެސް އަދި ސަމާވީ ހުރިހާ ދީނެއްގައިވެސް، އަދި ދުނިޔޭގެ އެހެން ހުރިހާ ދީނެއްގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމަކީ މަނާ ކަމެކެވެ. ފާފަވެރިވާ ކަމެކެވެ. މިކަން ހުއްދަކޮށް، ވިއްސާރަ ދުނީގެ ކުލަތައް ބޭނުންކޮށްގެން ކުޑަކުދިންނާއި ކުރިމަގުގެ ޖީލުގެ ބޮލަސް ޗިޕް ޖަހައި، މުޅި ޖީލު ފަސާދަކުރަން ނިކުމެ ތިބީ ޝައިތާނާއާއި ޝައިތާނައަށް ތަބާވާ މުޖުރިމުންނެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ޖަމިއްޔާތައް ކޮންޓްރޯލް ކުރަނީ މިފަދަ ފަރާތްތަކުންނެވެ. އެފަރާތްތަކުގެ އެޖެންޑާ މުޅި ދުނިޔޭގައި ހިންގުމަށް ބޭނުންކުރާ ހަތިޔާރަކަށް ކޮވިޑާއި މަކުނު ވިދުރި ފަދަ ބަލިތައް ބޭނުންކުރުމުން ދުނިޔޭގެ ގިނަ ބަޔަކު އެކަން ޤަބޫލްކޮށްގެން ވެކްސިން ޖަހަޖަހާ ތިބުމުން ހަލާކުވާނީ އިންސާނިއްޔަތެވެ. ފުނޑޭނީ ޤައުމުތަކެވެ.
ކުރިއަށް މިއޮތް މަސްތަކުގައި ދެން ފެންނާނީ ދުވަހަކަށް ވުރެ ދުވަހެއް މަކުނު ވިދުރީގެ އަޑު ގަދަވާ ތަނެވެ. މީޑިއާއިން "ބިރުވެރި" ޙަބަރު ތައް ފެންނާނެއެވެ. އެންމެން ބިރުން މަކުނު-ވެކްސިން ޖަހަން ދުއްވައިގަންނާނެއެވެ. ކޮވިޑުން ރައްކާތެރިވާން މާސްކް އަޅަން މަޖުބޫރު ކުރި ގޮތަށް ފިރިހެންނުނަށް "ހުރަސް" ބޭނުންކުރުން މަޖުބޫރު ކުރުވާނެއެވެ. "މަކުނު ކުޅި" ކުޅޭ މީހުންނަށް ޖެހޭ ބައްޔެއް ފެތުރޭތީ މުޅި ދުނިޔެ އިމަޖެންސީ ހާލަތަށް ގެނައުމަކީ ޖޯކެކެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ. ދުނިޔޭގައި އާ ބައްޔެއް ފެތުރެނީ އެވެ! ރާބޯ މީހުންނަށް ޖެހޭ ބައްޔެކެވެ. އެކަމާ ގުޅިގެން ރާބުއިން ހުއްޓުވުމުގެ ބަދަލުގައި މުޅި ދުނިޔޭގައި ހިންގަން ޖެހެނީ ސިއްޙީ ކުއްލި ނުރައްކާ ހެއްޔެވެ؟ މިއީ ހަމަ ޖޯކެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ޑަބްލިއު.އެޗް.އޯ އަށް އެންމެ ބަހެއްވެސް ބުނާކަށް ނުކެރޭނެއެވެ. އެކުޅިވަރު ކުޅޭ މީހުންނަކީ މާމަތީ ބައެކެވެ. މާމަތީ ހައްޤެއް ލިބިގެންވާ ބައެކެވެ. މުޅި ދުނިޔެ އާއި، ދުނިޔޭގެ ހުރިހާޤައުމަކާއި، މުޅި އިންސާނިއްޔަތަށް ވުރެ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މުހިއްމުކަން ބޮޑުހެން ހީވެއެވެ! އެމީހުން ސަލާމަތް ކުރުމަށްޓަކައި މުޅި ދުނިޔެ މިޖެހެނީ އެލާރޓަށް ގެންނާށެވެ. އިމަޖެންސީ ހިންގާށެވެ. ޑަބްލިއު.އެޗް.އޯ ގެ ބޮޑަކަށް ހުރި ބޭފުޅާ އަންހެން ހެދުން ލައިގެން ޕާރޓީ ކުރާ ތަން ދައްކުަވައިދޭ ފޮޓޯއެއް ކޮވިޑްގެ ދުވަސް ވަރު ސޯޝަލް މީޑިއާގައި ފެތުރުނެވެ. މަންކީ ޕޮކްސް އަށް އެންމެ ފުރަތަމަ ޓެސްޓް ކުރަން ޖެހެނީ އޭނައެވެ!
ކޮވިޑޭ، މަކުނި ވިދުރިއޭ ކިޔައިގެން ސިޔާސީ ސްޓަންޓެއް ޖައްސައި، 2023 ގެ ރިއާސީ އިންތިހާބް ލަސް ކުރުމުގެ ފުރުސަތެއް އިބޫ ސޯލިހުގެ ސަރުކާރަށް މިވަނީ ލިބިފައެވެ. މިފުރުސަތުގެ ބޭނުން ހިފައި އަނެއް ހަތަރު ބިލިއަން ރުފިޔާ ވަޔަށް، ފަޒާއަށް ތަޅައި ބުރުއްސާ ނުލިއްޔާ ރަގަޅެވެ. މަކުނު ކުޅި ކުޅޭ މީހުން ލައްވަން ގެންނަ "ހުރަސް" ޝިޕްމެންޓްގެ ނަމުގައި އަނެއް ބޮޑު ކޮރަޕްޝަން ނުހިންގިއްޔާ ރަގަޅެވެ. މިއީ ހަމަ ޖެހިފަ އޮތް ބޮޑު މުސީބާތެކެވެ. ރަގަޅު ވެރީން ލިބޭނީ ރައްޔިތުން ރަގަޅުވީ ދުވަހަކުންނެވެ. ޤައުމުގެ ބޮޑުން ކުޅޭ ކުޅިވަރެއްގެ ދިފާއުގައި ޤައުމުގެ އެހެން ރައްޔިތުން ފުނޑާނުލާށެވެ. ފުނޑަންޏާ ފުނޑަން ޖެހެނީ ގިރިއެވެ، ބޯޓެއް ނޫނެވެ.
ރާއްޖޭގެ ނޫސްވެރިކަމުގައި މުހައްމަދު ބުޝްރީއަށް އާންމުންގެ ވަރަށް ބޮޑު މަގުބޫލް ކަމާއި ލޯތްބެއް އޮވެ އެވެ. "ކެޔޮނިރު" ބުޝްރީގެ ގޮތު، އަދިވެސް އެކަން އޮތީ އެހެނެވެ. ބުޝްރީއަކީ ރާއްޖޭގައި ކުރަމުން އައި ނޫސްވެރި ކަމަށް ޒަމާނީ އިންގިލާބު ގެނައި މަދު ނޫސްވެރިންގެ ތެރެއިން ވެސް ފާހަގަ ކުރެވޭ ނޫސްވެރި ލިޔުންތެރި އެކެވެ. މިޒަމާނުގެ ތާރީހުގައި ދިވެހިންގެ ތެރެއިން ހުރިހާ އުމުރެއްގެ މީހުނަށް އެންމެ ކަމުދިޔަ އެއް ކޮލަމިސްޓެވެ. ރީތި ޒަމާނީ "ހެދުމެއް" އޭނާގެ ނޫސްވެރި ކަމުގައި އަޅުވާފައި ވެއެވެ. މިރާއްޖެ ފެންމަތީގައި އޮތްހާ ހިނދަކު ބުޝްރީގެ ވާހަކަ އޮންނާނެ އެވެ. އެ ވާހަކައިގެ ތާރީހު ދަމަހައްޓާނެ އެވެ. މިއީ "މި" ނޫހަށް ބުޝްރީ ލިޔެދޭ ކޮލަމެކެވެ. މި ކޮލަމް ބުޝްރީ ލިޔާނީ އޭނާގެ "ހަޔާތުގެ ގުނަވަނެއް" ކަމުގައި ހެދި "ކެޔޮނިރު" ދޫކޮށްލައި "އައްޑޫ ވާހަކަ" އިގެ ނަމުގަ އެވެ. އަދި މިކޮލަމްގައި "މުހައްމަދު ބުޝްރީ" ގެ ނަން ބޭނުން ކުރުމުގެ ބަދަލުގައި އޮންނާނީ "އެޅަދީދީ" އެވެ. އެކަމަކު "ކެޔޮނިރު" މަޝްހޫރު ފޮޓޯ ހިމަނާނެ އެވެ. އެޅަދީދީއަކީ މުޅި އައްޑު އަތޮޅު ތާރީހުގެ ހުރިހާ ވާހަކައެއްގެ ގޮސް އެ މީހަކާ ގުޅޭ އައްްޑު އަތޮޅާއި މި ރާއްޖޭގެ ވަރަށް ވަރުގަދަ ފަހުރެއް އަދި ޝަހުސިއްޔަތެކެވެ. ބުޝްރީގެ އާއިލާ އުފެދި ބޮޑުވެ ފުޅާވެފައި ވަނީ އެޅަދީދީގެ އާއިލާގެ ގަހުގެ ގޮފިތަކުންނެވެ.