ހިލޭ ޑިގުރީ ފަށާ ދަރިވަރުން ކިޔެވުން ހުއްޓާލާ ސަބަބު ބަލަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބުނާ ގޮތުން ހިލޭ ޑިގްރީ ސްކީމުގެ ދަށުން ފައިސާ ދޫކުރާ ދަރިވަރުންގެ ރެކޯޑުތައް ރަނގަޅަށް ބަލަހައްޓާފައެއް ނުވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި މައުލޫމާތު ދެއްވަނީ
  •  ސްޓޫޑެންޓު ލޯނު ފައިސާ ހޯދާ އުސޫލު ގެޒެޓް ކުރަނީ

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ކިޔެވުން ހުއްޓާލާ ދަރިވަރުން އެގޮތް އިހުތިޔާރު ކުރާ ސަބަބު ހޯދަން ދިރާސާއެއް ކުރަމުން ގެންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅު ވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމަށް ހަތަރު އަހަރު ވީއިރު ކިޔެވުން ހުއްޓާލާފައިވާ ދަރިވަރުން ދެނެގަނެ، އެ މީހުނަނަށް އެހެން މެދުވެރިވާން ދިމާވި ސަބަބުތައް ހޯދާން ފަށާފައިވާ ކަމަށެވެ.

"ފައިސާ ދެއްކުން ހުއްޓާލާ ދަރިވަރުންނަކީ ކޮބައިކަމާ، އެއީ ކީއްވެކަން ބެލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އޭރުން އެނގޭނީ އޭގެ ތެރެއިން ކޯސް ހުއްޓާލީ ކިތައް ދަރިވަރުންކަން" މިނިސްޓަރު ވިދާޅުވި އެވެ.

ހިލޭ ޑިގްރީ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ ސީދާ ކޮލެޖު / ޔުނިވާސިޓީ ތަކަށެވެ. ނަމަވެސް، ފަހުން ވަނީ އެ ފައިސާ ދަރިވަރުންނާ ހަވާލު ކުރާ ގޮތަށް އުސޫލު ބަދަލު ކޮށްފަ އެވެ. އެ ސްކީމުގައި ބައިވެރިވާ ދަރިވަރުން ކޯސް ފީގެ ރަސީދުތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓު ލޯން އަނބުރާ ނުދައްކާ ދަރިވަރުންގެ އަތުން ފައިސާ ހޯދަން އެކުލަވާލި އުސޫލު މިހާރު އޮތީ ގެޒެޓު ކުރުމުގެ މަރުހަލާގައި ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި މައުލޫމާތު ދެއްވަނީ

ރެކޯޑުތައް ރަނގަޅަށް ބަލަހައްޓާފައެއް ނުވޭ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބުނާ ގޮތުން ހިލޭ ޑިގްރީ ސްކީމުގެ ދަށުން ފައިސާ ދޫކުރާ ދަރިވަރުންގެ ރެކޯޑުތައް ރަނގަޅަށް ބަލަހައްޓާފައެއް ނުވެއެވެ. އެ އޮޑިޓްގައި ވާގޮތުން އެ ސްކީމުގައި ތިބި ދަރިވަރުންގެ ސައްހަ ދަފްތަރެއް އޮޑިޓަށް ފޯރުކޮށްދީފައެއް ވެސް ނުވެއެވެ.

އެ ރެކޯޑުތައް ނެތުމުން، ކޮންމެ ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާގެ މިންވަރު ސާފުކުރެވިފައެއް ނުވެއެވެ. އިތުރަށް ފައިސާ ދައްކަން ޖެހޭކަން، ނުވަތަ ދެއްކިފައިވާކަން ވެސް އޮޅުމެއް ނުފިލަ އެވެ. އަދި ހިލޭ ޑިގްރީގެ އުސޫލުގެ ދަށުން، ފައިސާ އަނބުރާ އަތުލަންޖެހޭ ދަރިވަރުންނަކީ ކޮބައިކަން ވެސް ދެނެގަނެވިފައެއް ނުވެއެވެ.

އެ ރިޕޯޓުގައި ސްޓޫޑެންޓު ލޯނު ފައިސާ ގަވާއިދުން ނުދައްކާ ދަރިވަރުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.