އާސެނަލް ތިރިއަށް ސިޓީ ލީޑަރަކަށް

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އާސެނަލަށް މޮޅެއް ނުހޯދެ އެވެ. ދެން އާސެނަލް ވާދަ ކުރާނީ އެސްޓަންވިލާއާ އެވެ.

ޖެކްގްރިލިޝް އާސެނަލް ކޮޅަށް ރޭ ލަނޑު ޖެހުމަށްފަހު އެހެން ކުޅުންތެރިންނާއެކު ސެލެބްރޭޝަންގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ލީގް ލީޑަރެއްގެ ގޮތުގައި މި ސީޒަންގައި އާސަނަލް އޮތް އޮތުން ރޭ މެންޗެސްޓާ ސިޓީން ނިމުމަކަށް ގެނެސްފި އެވެ. ރޭ ބޮޑު މެޗުގެ ގޮތުގައި އާސެނަލް އާއި ސިޓީ ވާދަ ކޮށް އާސެނެލްގެ މައްޗަށް ސިޓީ ގަދަވެގަތީ 3-1 ގެ ނަތީޖާއަކުންނެވެ. 

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އާސެނަލަށް މޮޅެއް ނުހޯދެ އެވެ.

ރޭގެ އެ ނަތީޖާއިން ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 23 މެޗުން ލިބުނު 51 ޕޮއިންޓާ އެކު އެވެ. އާސަނަލް އާއި ސިޓީ ވެސް ޕޮއިންޓްގެ ގޮތުން އެއްވަރެވެ. ނަމަވެސް ސިޓީ ލީގުގެ ލީޑަރަކަށް ވީ ގޯލުގެ ތަފާތުންނެވެ. 

ދެވަނައަށް އާސެނަލް ވެއްޓުނު ނަމަވެސް އެ ޓީމް މެޗް ކުޅެފައި ވަނީ ސިޓީއަށް ވުރެ މަދުންނެވެ. އާސެނަލް އަދި ކުޅުނީ 22 މެޗެވެ. ދެން ވާދަ ކުރާނީ އެސްޓަންވިލާއާ އެވެ.

ރޭ އާސަނަލް ބަލިވީ ވެސް އެ ޓީމުގެ ދަނދުގަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ އާސެނަލްއިން ހެދި ވަރަށް ބޮޑު ގޯހެއްގެ ފައިދާއިން ކެވިން ޑި ބްރޭނާ އެވެ. އޭގެ ފަހުން ޕެނަލްޓީއެއްގައި ބުކާޔޯ ސަކާ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް ފަހު ހާފުގައި ޖެކް ގްރީލިޝް އާއި އާލިން ހާލަންޑް ވަނީ އިތުރު ދެ ލަނޑު ޖަހައިދީފަ އެވެ.    

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.