އަގު ބޮޑު ޗެލްސީއަށް ރޭވެސް ލިބުނީ ބައްޔެއް

ރޭ ޗެލްސީއަށް ގިނަ ފުރުސަތުތަކެއް ލިބި ނަސީބުވެ އެހީ ނުވެ، ނާކާމިޔު ވެފައި ވެއެވެ. އަދި އޭގެ ސަބުން ކޯޗް ގްރެހަމް ޕޮޓާއަށް ޕްރަޝަރު ބޮޑުވެފައި ވެއެވެ.

ޗެލްސީގެ ރީޒް ޖޭމްސް އާއި ކޯޗް ގްރެހަމް ޕޮޓާ: ރޭވެސް ޗެލްސީއަށް ކާމިޔާބެއް ނުހޯދުނު

ޖަނަވަރީ ޓްރާންސްފާގައި ރިކޯޑް ބާޒާރެއް ކުރި އަގު ބޮޑު ޗެލްސީ ރޭ، ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑު އަތުން ބަލިވެއްޖެ އެވެ. ޑޯޓްމަންޑްގެ ދަނޑުގައި ރޭ 1-0 އިން ޗެލްސީ ބަލިވީ ގަދަ 16 އިގެ ބުރުގެ ފުރަތަމަ ލެގުގެ މެޗުގަ އެވެ.

ޗެލްސީއަށް ރޭވެސް ދިމާވި މައްސަލަ އަކީ ލަނޑެއް ޖެހޭ ގޮތް ނުވެ ދިއުމެވެ. އެ ނޫން ހުރިހާ ކަމެއް އެ ޓީމުން ކޮށްފައި ވަނިކޮށް ޗެލްސީގެ ގޯލު ފޫދިޔައީ 63 ވަނަ މިނެޓްގައި ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގަ އެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ ކަރީމް އަޑެޔާމީ އެވެ. އެއީ ޑޯޓްމަންޑަށް ލިބުނު އެފަދަ ހަމަ އެކަނި ފުރުސަަތު ވެސްމެ އެވެ. 

ރޭ ނަތީޖާ ނުކުތް ގޮތުން އަންނަ މަހު ހަތް ވަނަ ދުވަހު ސްޓެމްފޯޑް ބްރިޖްގައި ކުޅޭ ދެވަނަ މެޗުގައި ހަމަހަމަ ކޮށްލައިގެން  ކުއާޓާ އަށް ދިޔުމަށް ޑޯޓްމަންޑަށް މިހާރު ވަނީ ބޮޑު އުއްމީދެއް ލިބިފަ އެވެ. އެހެން ނަމަވެސް ޗެލްސީގެ އަމިއްލަ ދަނޑުގައި ނަތީޖާ ޗެލްސީ ކޮޅަށް އަނބުރާލުމުގެ ފުރުސަތު ވެސް ތަނަވަހެވެ. 

ލަނޑު ޖެހުމުގެ މައްސަލަ ޗެލްސީއަށް ދިމާވި ނަމަވެސް ޓީމް ކުޅުން މިހާރު ވަނީ ރަނގަޅުވެފަ އެވެ. އަދި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މުޑްރިކް ފިޔަވައި އެހެން ކުޅުންތެރިން ހަމައަކަށް އެޅިފައިވައިރު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ކާންޓޭ ފިޔަވައި އެންމެހެން ވަނީ އެނބުރި ފުލް ޓްރޭނިންއަށް އައިސްފަ އެވެ. ދެވަނަ ލެގުގައި ކާންޓޭ އަށް ބައިވެރި ވެވުމުގެ ފުރުސަތު ވެސް ބޮޑެވެ.

ރޭ ޗެލްސީއަށް ގިނަ ފުރުސަތުތަކެއް ލިބި ނަސީބުވެ އެހީ ނުވެ، ނާކާމިޔު ވެފައި ވެއެވެ. އަދި އޭގެ ސަބުން ކޯޗް ގްރެހަމް ޕޮޓާއަށް ޕްރަޝަރު ބޮޑުވެފައި ވެއެވެ. 

 ޗެމްޕިއަންސް ލީގުގެ ރޭ ބެންފީކާ އިން ވަނީ 2-0 އިން ބެލްޖިއަމްގެ ބްރޫޖް ބަލިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.