ތުރުކީ-ސީރިއާއަށް އެހީވާ ހަރަކާތެއް، މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓަނީ

އެންމެ މުހިންމު އެއް ހަރަކާތަކީ މިސްކިތްތަކުގައި ފަންޑު ފޮށިތަކެއް ބެހެއްޓުން ކަމަށެވެ. މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ފަންޑުފޮށި ބަހައްޓާނެ އެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ފަންޑު ފޮށިތައް ބަހައްޓަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުން

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި ހާލު ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން "އެއް އުންމަތެކޭ މިއީ" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ދީނީ އިލްމުވެރީންގެ ބޮޑު ބައިވެރިވުމެއް އޮވެގެން މަދަނީ ބައެއް ޖަމިއްޔާ ޖަމާއަތްތަކާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އައިއޭސީގެ އިސް ބޭފުޅުންނާއި ވަރަށް ގިނަ ދީނީ އިލްމުވެރީން ބައިވެރިވެވަޑައިގަތެވެ.

އެ ހަރަކާތުން ބުނީ ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި ހާލު ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތަކީ މިސްކިތްތަކުގައި ފަންޑު ފޮށިތަކެއް ބެހެއްޓުން ކަމަށެވެ. މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ފަންޑުފޮށި ބަހައްޓާނެ އެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ފަންޑު ފޮށިތައް ބަހައްޓަން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން މީހުން އާންމުކޮށް އެއްވެ އުޅޭ ތަންތަނުގައިވެސް ފަންޑުފޮށިތައް ބަހައްޓާނެ އެވެ. 

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުން

މި ހަރަކާތުގެ ތެރެއިން ޓީވީ ފޯރަމްތަކާއި ރޭޑިއޯ ފޯރަމްތައްވެސް ކުރިއަށް ގެންދާނެ އެވެ. އަދި ހުކުރު ހުތުބާވެސް މި މައުލޫއަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ.

"އެއް އުންމަތެކޭ މިއީ" ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ތުރުކީ-ސީރިއާގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމަށް އިލްމުވެރީންނާއި އައިއޭސީ އަދި ޖަމިއްޔާތަކުން ވަނީ އެދިފައެވެ.

ތުރުކީ - ސީރިއާގެ ހާލަތު - ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. އަދި 400،000 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ. ތުރުކީގެ 10 ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތީ އިއުލާންކޮށްފައެވެ. ބިންހެލުމަށް ނުވަ ދުވަސްވީ ނަމަވެސް އަދިވެސް މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ދަނީ ކުރިއަށެވެ. އަދިވެސް އިމާރާތްތަކުން މީހުން ދިރިތިއްބާ ދަނީ ފެންނަމުންނެވެ.
ދިވެހީންގެ ނަމުގައި އެއްމިލިއަން މަސްދަޅު - ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި ހާލު ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ރާއްޖެއިން އެއް މިލިއަން މަސްދަޅު ހަދިޔާ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ސޯލިހް ވަނީ ތުރުކީ އާއި ސީރިއާގެ ވެރީންނާއި ގުޅުއްވާފައެވެ. އަދި ދިވެހި ސަރުކާރުން ކޮންމެ ގައުމަކަށް 500،000 މަސްދަޅު ހަދިޔާ ކުރައްވަން ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.