ސްޓޫޑެންޓް ލޯނުގެ 720 ފުރުސަތު، ޕީއެޗްޑީގެ 15 ޖާގައެއް

ލޯނަށް މިހާރު އެދެވޭނެ އެވެ. އެޕްލިކޭޝަން ބެލުމަށް ފަހު ރަނގަޅު ކުރަންޖެހޭ ނަމަ އެ ފުރުސަތު ވެސް ދޭނެ އެވެ. އެޕްލިކޭޝަން ސުންގަޑިއަކީ މާޗް 15 އެވެ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވާހަކަދައްކަވަނީ

ސަރުކާރުގެ ސްޓޫޑަންޓު ލޯން ސްކީމުގެ ދަށުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 720 ފުރުސަތަކަށް މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތުތައް އިއުލާން ކުރައްވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ ކުރީގެ އަހަރު ފަދައިން މިއަހަރު ވެސް އިދާރީ ފީގެ ގޮތުގައި ލޯނުގެ އެއް ޕަސެންޓް ނަގަން ނިންމާފައިވާ ކަމަށެވެ. 

"ދަރިވަރުން ލޯނު ނަގާއިރު ލޯނަށް އަރާ ޖުމްލަ އަދަދު އެނގޭނެ. އަދި އެ އަދަދު ފަހުން ބަދަލެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރުގެ ލޯނު ފުރުސަތުތައް ހުޅުވާލާފައި އޮތީ ޑިޕްލޮމާއިން ފެށިގެން، ޕީއެޗްޑީ ފެންވަރާ ހަމައަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް، ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލާފައި ވެސް ވެއެވެ. 

މީގެ އިތުރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް ކުރިމަތިލެވޭނެ އެވެ. ކުރިޔާ ހިލާފަށް، މި އަހަރު އެ ލޯނަށް ހުރިހާ ދާއިރާއެއްގެ ކޯސްތައް ހަދަމުންދާ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ލޯނަށް ހުޅުވާލިއިރު، އާންމުކޮށް ޑިމާންޑު ބޮޑު ތިން ދާއިރާއެއްގެ ކޯސްތަކަށް ވަނީ ފުރުސަތު އިތުރުކޮށްދީފައިވާނެ ކަމަށެވެ.

ޑިމާންޑު ބޮޑު ތިން ދާއިރާ

  • 1.ޕައިލެޓް ކޯސް: 60 ފުރުސަތު
  • 2.އެމްބީބީއެސް: 55 ފުރުސަތު
  • 3.ޕޯސްޓު ގްރެޖުއޭޓް މެޑިސިން: 20 ފުރުސަތު

ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް 15 ފުރުސަތެއް ވެސް މި ފަހަރު ވަނީ ހުޅުވާލާފައެވެ. 

މިނިސްޓަރު ވިދާޅުވީ އެ ފުރުސަތުތަކަކީ ޕްރައިވެޓް ކޮލެޖުތައް ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އެހެންކަމުން، އެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ ޕްރައިވެޓް ކޮލެޖެއްގެ އެންޑޯސްމަންޓާއެކު ކަމަށެވެ.

ކުރިން ސްޓޫޑެންޓް  ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ އިހުތިޔާރުގެ ބޭރުން ހިނގާ ކަމަކާ ގުޅިގެން، ކޯސް ފުރިހަމަ ނުވާ ދަރިވަރުންނަށް ލޯނު މުއްދަތު އިތުރު ކުެަން އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.

އެ ލޯނުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ލޯނު އެޕްލިކޭޝަން ހުށަހެޅުން

މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުށަހަޅާ އެޕްލިކޭޝަން މިނިސްޓްރީން ބެލުމަށް ފަހު ރަނގަޅު ކުރަންޖެހޭ ނަމަ އެ ފުރުސަތު ދޭނެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް 15 އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.