މައްސަލަ ހައްލު ކުރަން ނޭނގުނީ އެމެރިކާއަށް: ޓްރަމްޕް

ޕޫޓިންގެ ވިސްނުފުޅު ހުންނާނީ ޔުކްރޭން ހަލާކު ކޮށްލަން ކަމަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ ޔުކްރޭންގެ ތަރައްގީ ހަލާކު ކުރުމުން ރައްޔިތުން ވިއްސިވިހާލިވި ގައުމު ދޫކޮށް ދާނެ ކަން ރަޝިއާއަށް އެނގެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ - ޔުކްރޭން ހަނގުރާމައިގެ މައްސަލާގައި އެމެރިކާގެ ވެރިންނަށް ފާޑު ވިދާޅުވި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެ ވަޑައިގަންނަވާ ގޮތުގައި ރަޝިޔާ - ޔުކްރޭން ހަނގުރާމައަކީ ނުފަށާ ފަރުޖެއްސެން އޮތް ހަނގުރާމަ އެކެވެ. އަދި މި ހިނގާ ހަނގުރާމައަކީ އެމެރިކާގެ ނާގާބިލު ސަރުކާރާއި ނޭޓޯއިން ބޭނުން ވެގެން ބަޔަކު ލައްވާ ރޯކުރުވި އަލިފާން ހުޅެކެވެ.

ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުން ބަޔަކު ލައްވާ ހަނގުރާމައެއް ކުރުވަން އެމެރިކާ އާއި ޗައިނާ އެދޭ ނަމަ ކިތަންމެ ބަޔަކު ލައްވާ ވެސް ހަނގުރާމަ ކުރުވިދާނެ އެވެ. އަދި އެމެރިކާގެ ވެރިކަމުގައި އެ މަނިކުފާނު ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ އިއުލާނެއް ވެސް ނުވާނެ އެވެ. އެގޮތަށް ހަނގުރާމައެއް ވެސް ނުކުރާނެ އެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި ރަޝިއާ - ޔުކްރޭން ހަނގުރާމައަކީ އެމެރިކާގެ ބޯހަރު ކަމުގެ ގެއްލުމެކެވެ. އަދި އެ ގޮތަށް ރަޝިޔާ ރުޅި އަރުވާލުމުގެ ސަބަބުން ގެއްލިގެން ދަނީ ކިތައް ފުރާނަތޯ ވެސް ޓްރަމްޕް އައްސަވަ އެވެ.

ޔުކްރޭނަށް ބޮޑެތި ގެއްލުންވެ އާރާސްތު ކުރަން އެތަކެއް ޒަމާން ބޭނުންވާ ހިސާބަށް ގޮސް ޔޫރަޕް އެކަކަށް އިނދަޖެހިފައި ވަނީ އެމެރިކާ އާއި ނޭޓޯގެ ސަބަބުން ކަމަށް ސިފަ ކުރައްވާ ޓްރަމް ވިދާޅުވީ ހަނގުރާމަ ހުއްޓާލާ އަސްލު ވާހަކަ ދައްކައި ސުލްހަ ވާންޖެހޭ ކަމަށާއި ގައުމުތައް ކުރިއަރައިގެން ދާނެ މަގަކަށް އެނބުރޭން ޖެހޭ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ރައީސް ޖޯ ބައިޑަން އަށް އެނގި ވަޑައި ނުގެންނެވި ނަމަވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރައްވާނެ ގޮތް، އެ މަނިކުފާނަށް އެނގިވަޑައި ގަންނަވަ އެވެ. ހަނގުރާމައެއް ނުފަށާ ފަރުޖައްސޭނެ ގޮތް ޕޫޓިންއާ މަޝްވަރާކޮށް ހޯދެން އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެ އެވެ.

ޕޫޓިންގެ ވިސްނުފުޅު ހުންނާނީ ޔުކްރޭން ހަލާކު ކޮށްލަން ކަމަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ ޔުކްރޭންގެ ތަރައްގީ ހަލާކު ކުރުމުން ރައްޔިތުން ވިއްސިވިހާލިވި ގައުމު ދޫކޮށް ދާނެ ކަން ރަޝިއާއަށް އެނގެ އެވެ. އަދި އެއީ ސިޔާދަތީ މައްސަލައެކެވެ. އެކަން ހައްލު ކުރަން ނޭނގުނީ އެމެރިކާގެ ވެރިންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.