އެވަޓަންގެ މައްޗަށް ލިވަޕޫލް ކާމިޔާބު ހޯދައިފި

ލީގުގައި ލިވަޕޫލް އޮތީ ނުވަ ވަނައިގަ އެވެ. އެއީ 21 މެޗުން 32 ޕޮއިންޓް ހަމަކޮށްގެނެވެ. ޗެލްސީ އޮތީ 10 ވަނައިގައި 31 ޕޮއިންޓާ އެކުގަ އެވެ.

ލިވަޕޫލާއި އެވަޓަން ބައްދަލު ކުރި މެޗް: ލިވަޕޫލް ރޭ މޮޅުވި ނަމަވެސް ފޯމް ވަނީ ގެއްލިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ވަރުގަދަކަން ދައްކަމުން އައިސް މި ސީޒަންގައިި ފޯމް ގެއްލިފައިވާ ލިވަޕޫލްއިން ރޭ އެވަޓަންގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ. 

އަމިއްލަ ސްޓޭޑިއަމް އެންފީލްޑްގައި ކުޅުނު ޑާބީގައި ލިވަޕޫލުން އެވަޓަން ބަލިކުރީ އާ ކޯޗަކާއެކު ހަމައަކަށް އެޅޭން މަސައްކަތް ފަށާފައި ވަނިކޮށް 2-0 ގެ ނަތީޖާއަކުންނެވެ. 

ލީގުގައި ލިވަޕޫލް އޮތީ ނުވަ ވަނައިގަ އެވެ. އެއީ 21 މެޗުން 32 ޕޮއިންޓް ހަމަކޮށްގެނެވެ. ޗެލްސީ އޮތީ 10 ވަނައިގައި 31 ޕޮއިންޓާ އެކުގަ އެވެ. 

އެހެން ކަމުން ގަދަ ހަތަރަކަށް ދިއުމަށް ލިވަޕޫލާއި ޗެލްސީއަށް ފުރުސަތު އަދި އޮތް ނަމަވެސް މަގު ދަނީ ހަނިވަމުންނެވެ. ސަބަބަކީ ނިއުކާސަލް އާއި ޓޮޓެންހަމް އާއި ބްރައިޓަން އާއި ފުލަމްގެ ނަތީޖާތައް ލިވަޕޫލާއި ޗެލްްސީއަށް ވުރެ ރަނގަޅަށް ހުރުމެވެ. ރޭ މޮޅުވި ނަމަވެސް ލިވަޕޫލުން އޮތީ ދަށް ފޯމެއްގަ އެވެ. ރޭގެ 

ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދީ ލީޑެއް ހޯދައި ދިނީ 36 މިނެޓުގައި މުހައްމަދު ސަލާހެވެ. އެ ގޯލަކީ އެންމެ ފަހުގެ ފަސް މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ލިވަޕޫލްގެ ދެވަނަ ގޯލް އައީ 49 ވަނަ މިނެޓްގައި ނެދަލޭންޑްސްގެ ކޯޑީ ގަޕޯގެ ފަރާތުންނެވެ. އެ ގޯލަކީ ގަޕޯ ލިވަޕޫލްގައި ޖެހި ފުރަތަމަ ގޯލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.